ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި ކުންފުންޏަށް އައި.ޓީ ހާރޑްވެއަރ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 22 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 29 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބޭނުންވާ ތަކެތި: ކޮމްޕިއުޓަރ ސިސްޓަމް، ޑެސްކުޓޮޕް، ޔޫ.ޕީ.އެސް، ޓެބްލަޓް، ސާރވާރ ރެކް އެންކްލޯޒަރ ސެޓް، ޕްރޮޖެކްޓަރ އަދި ޕްރޮޖެކްޓަރ ސްކްރީން.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ ކޮންފަރެންސް ރޫމްގައެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނިން އިރުޝާދު ދޭ ގޮތަކަށެވެ.
ޕްރޮކިޔުމެންޓް ޔުނިޓް
ފެން ބިލްޑިންގ، 3 ވަނަ ފަންގިފިލާ، އަމީނީ މަގު، މައްޗަންގޯޅި، 20375، މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv
ފޯން: 3011418 960+ ފެކްސް: 3013636 960+