މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ.ކިއު.އޭ އިންސްޕެކްޓަރ - ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމްތަކަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު:

 ޖޫނިއަރ.ކިއު.އޭ އިންސްޕެކްޓަރ

ބޭނުންވާ ޢަދަދު

 02

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު (ފުރަތަމަ 03 މަސް ޕްރޮބޭޝަން) 

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކޮލިޓީ އެޝޫރެންސް ޑިޕަރޓްމެންޓް /ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

އަސާސީ މުސާރަ:

 4,100 ރުފިޔާ

އިތުރު ޢިނާޔަތްތައް:

 ސާރވިސް އެލަވަންސް: 2,460.00 ރުފިޔާ (ބޭސިކް މުސާރައިގެ %60)

 މިނިމަމް ވޭޖް އެލަވަންސް: 2,829.00 ރުފިޔާ ( ބޭސިކް މުސާރައިގެ %69)

ޝަރުޠު:

ޖީ.ސި.އީ އޯލެވެލް ނިންމާފައިވުން

އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

މަޤާމްގެ މަސްއޫލިއްޔަތުތައް

 ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް ގައި ހުންނަ އެކި އޮޕަރޭޝަނަލް އޭރިއާގައި ކިޔުއޭ އިންސްޕެކްޝަންތައް ހެދުން.

އިންޓަރވިއުކުރުން:

 އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

 ޕޮލިސް ރިޕޯރޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

 ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ   27 އޮގަސްޓު 2026  ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިންނެވެ.

މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

19 އޮގަސްޓް 2026
ހޯދާ