ދިވެހިރާއްޖެ
އިޢުލާން
މަލްޓިޕަލް އިންޑިކޭޓަރ ކްލަސްޓަރ ސަރވޭގެ (މިކްސް) ފީލްޑް ވަރކްގައި ބޭނުންވާ ކުޑައާއި ވިއްސާރަ ކޯޓް ހޯދައިދޭނެ ފަރާތެއް ހޯދުމަށްބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 19 އޮގަސްޓް 2026 ވާ ބުދަ ދުވަހުން ފެށިގެން 02 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 6 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
06 ރަބީޢުލްއައްވަލް 1448ހ.
