މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ 2 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

                 މި ކައުންސިލާއި ނާލާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ބާއްވާ މިކައުންސިލްގެ 2 ވަނަ ޤުރުއާން މުބާރާތް 24 ސެޕްޓެމްބަރ 2026 އިން 26 ސެޕްޓެމްބަރ 2026 އާ ދެމެދު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

                 ވީމާ މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް މެއިލް ކުރައްވާނަމަ މެއިލް ކުރާނީ [email protected] އަށެވެ.

                  މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ޤަވައިދާއި ބައިވެރިވުމަށް އެދޭ ފޯމް މިއިއުލާނާއެކު އާންމުކުރެވިފައިވާނެއެވެ. އޮންލައިކޮށް ފޯމް ހުށަހަޅުއްވާ ފަރާތްތަކުން އަންނަނިވި ލިންކް ބޭނުން ކުރެއްވުން އެދެމެވެ.

ިންކް: https://forms.gle/nrLdAXoogBLcUejj8

19 އޮގަސްޓް 2026
ހޯދާ