މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ދުއްވުމުގެ ލައިސަންސާއި ގުޅޭ:
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޙިދުމަތް މިކައުންސިލުން ފޯރުކޮށްދިނުމަށް ބޭނުންވެއެވެ. މި ޙިދުމަތް ފެއްޓުމަށްޓަކައި ކަނޑު ދުއްވުމުގެ އިމްތިހާން ދެއްވުމަށް މި ކައުންސިލުން އެގްޒަމިނަރަކު ހޯދުމަށްއެދި އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއިބެހޭ ވުޒާރާގައި ރަޖިސްޓްރީ ކުރަންޖެހެއެވެ.
ވީމާ، ތިރީގައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން މިކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އޮގަސްޓް 24 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހުށައަޅަންޖެހޭ ތަކެތި މިކައުންސިލަށް ފޮނުއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ޝަރުތު:
- ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތަކަށްވުން
- ނިޔަމިކަމުގެ ސެޓްފިކެޓް އޮތް ފަރާތަކަށްވުން
- ލައިސަންސް ނެގިފަހުން މަދުވެގެން 1 އަހަރުދުވަހު އުޅަނދު ދުއްވުމުގައި ހޭދަކޮށްފައިވުން
ހުށައަޅަންޖެހޭ ތަކެތި:
- ނިޔަމިކަމުގެ ސެޓްފިކެޓްގެ ކޮޕީ
- ކަނޑުއުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކޮޕީ
- އައިޑީ ކާޑުގެ ކޮޕީ
19 އޮގަސްޓް 2026
ހޯދާ
