ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ކުރިއަށްގެންދާ "ކޮންޒަވޭޝަން އޮފް އެޓޯލް އިކޯސިސްޓަމްސް ތްރޫ އެން އިފްކްޓިވްލީ މެނޭޖްޑް ނޭޝަނަލް ޕްރޮޓެކްޓެޑް އޭރިއާ އެސްޓޭޓް – ކެޓަނޭޓް" މަޝްރޫއުގެ އެސިސްޓެންޓް ޕާކް ރޭންޖަރ މަގާމަށް ދެ (2) ފަރާތް ހޯދަން މިމިނިސްޓްރީން ބޭނުންވެއެވެ. މިމަގާމަށް ހޮވޭފަރާތް މަސައްކަތްކުރައްވާނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގައި ގާއިމުކުރެވިފައިވާ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގެ ދަށުން ށ. ފަރުކޮޅުގައެވެ.
މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރެފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ، ޕްރޮޖެކްޓް މުވައްޒަފެއްނަމަ ޕްރޮޖެކްޓް ޑިރެކްޓަރގެ 'ނޯ-އޮބްޖެކްޝަން' ސިޓީ އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީ 30 އޮގަސްޓް 2026 ވަނަ ދުވަހުގެ މެންދުރު 1200 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް އެޓޭޗްކޮށްފައިވާ އެޕްލިކޭޝަންތަކެކެވެ.
އެޕްލިކޭޝަން ޓައިޓަލް: "ކޮންޒަވޭޝަން އޮފް އެޓޯލް އިކޯސިސްޓަމްސް ތްރޫ އެން އިފެކްޓިވްލީ މެނޭޖްޑް ނޭޝަނަލް ޕްރޮޓެކްޓެޑް އޭރިއާ އެސްޓޭޓް (ކެޓަނޭޓް)" މަޝްރޫއަށް އެސިސްޓަންޓް ޕާކް ރޭންޖަރ ހޯދުމާއި ގުޅޭ
ހިއުމަން ރިސޯސް ޑިޕާރޓްމެންޓް،
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ފާށަނާ މާލަން، ދަރުބާރުގެ، މާލެ، ދިވެހިރާއްޖެ.
ފޯން: 3018300
ވެބްސައިޓް: www.environment.gov.mv
ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ.
