މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް /މިފްކޯ ހެޑް އޮފީސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

02

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1  އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް /މިފްކޯ ހެޑް އޮފީސް

މުސާރަ

 4,950.00  ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • ސަރވިސް އެލަވަންސް:  2,970.00  ރުފިޔާ
  • މިނިމަމް ވޭޖް އެލަވަންސް: 2,326.5 ރުފިޔާ
  • ފުޑް އެލަވަންސް: -/1800 ރުފިޔާ
  • ސެޓްފިކެޓް ލެވަލް 7 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %40
  • ސެޓްފިކެޓް ލެވަލް 5 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %20
  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް/އޭ ލެވެލް    ހާސިލްކޮށްފައިވުން ނުވަތަ ގުޅުން ހުރި ދާއިރާ އަކުން ޑިޕްލޮމާ ނުވަތަ ޑިގްރީއެއް ހޯދާފައިވުން.
  • މަސައްކަތާ ގުޅޭ ދާއިރާއިން މަދުވެގެން އެއް އަހުރެގެ ތަޖުރިބާ ހޯދާފައިވުން
  • މައިކްރޮސޮފްޓް އޮފިސް ޕެކޭޖުގެ މަޢޫލޫމާތާއި އޭގެތެރޭގައި ހިމެނޭ އެއްޗެތި ރަނގަޅަށް ބޭނުންކުރަން ދެނެގަތުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ރިކުއިޒިޝަންތައް ޗެކްކޮށް، ސްޓޮކާއި ކުރީގެ ތަފާސްހިސާބުތައް ދިރާސާކުރުމާއި، މުދާ ހުސްވިޔަނުދީ ބޭރުން މުދާ ގަތުމުގެ ކަންކަން ރޭވުމަށް ކަމާގުޅޭ ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުން.
  • ބޭރުގެ ސަޕްލަޔަރުން ހޯދައި ދިރާސާކުރުމާއި، އަގުތައް އަޅާކިޔައި، އިތުބާރުހުރި ތަފާތު ސަޕްލަޔަރުންގެ ދަފްތަރެއް އެކުލަވައިލުން.
  • އާރް.އެފް.ކިއު ނުވަތަ އާރް.އެފް.ޕީ ތައްޔާރުކޮށް ފޮނުވުމާއި، ވާދަވެރި ބިޑިންގ މާހައުލެއް ކަށަވަރުކުރުމުގެ އިތުރުން ކޯޓޭޝަން މަރުހަލާގައި ސިއްރުތައް ހިފެހެއްޓުމަށް ސަމާލުކަންދިނުން.
  • ކަމާގުޅޭ ދާއިރާތަކާ ގުޅިގެން ޓެކްނިކަލް ހުއްދަތައް ހޯދުމާއި، ވިޔަފާރީގެ އުސޫލުތައް (ލޭންޑަޑް ކޮސްޓް، އިންކޯޓާމްސް، ފައިސާ ދައްކާނެ ގޮތް) ދިރާސާކުރުމާއި، ހުއްދަދެވިފައިވާ އުސޫލުން އަގު މުާމަލާތްތައް ހިންގުން.
  • ޞައްޙަ ޕާޗޭސް އޯޑަރުތައް (ޕީ.އޯ) ތައްޔާރުކުރުމާއި، މުދާ އުފައްދާ މަރުހަލާތައް ބަލައި މޮނިޓަރކުރުމާއި، އޯޑަރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން ދިމާވެދާނެ ހުރަސްތަކާއި ލަސްވުންތަކުގެ މައުލޫމާތު ވަގުތުން ހިއްސާކުރުން.
  • ސަޕްލަޔަރުންގެ އިންވޮއިސްތަކާއި ޝިޕިންގ ލިޔެކިޔުންތައް ޕާޗޭސް އޯޑަރާ އެއްގޮތްތޯ ބަލައި ޔަގީންކުރުމާއި، ފައިސާ ދެއްކުމުގެ ކަންކަން އަވަސްކުރުމަށް ފައިނޭންސް ޑިޕާޓްމަންޓާ ގުޅިގެން މަސައްކަތްކުރުން.
  • މުދާ ގެންނާނެ އެންމެ އެކަށީގެންވާ ގޮތްތައް ކަނޑައެޅުމާއި، އިމްޕޯޓް އަދި އެކްސްޕޯޓަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުމުގެ އިތުރުން، މުދާ ލިބެންދެން ކާގޯ ޓްރެކްކޮށް މޮނިޓަރކުރުން.
  • މުދާ ކްލިއަރކުރުމުގެ ކަންކަން އަވަސްކުރުމަށާއި، ޑެމަރޭޖް ޚަރަދުތައް ކުޑަކުރުމަށް ފްރައިޓް ފޯވާޑަރުންނާއި ކަސްޓަމްސް ބްރޯކަރުންނާ ގުޅިގެން މަސައްކަތްކުރުމާއި، މުދާ ބޭނުންވާ ސައިޓްތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  • މުދާ ލިބުނުކަން ކަށަވަރުކުރުމާއި (ޖީ.އާރް.އެން)، މުދަލުގައި ހުންނަ އުނިކަންކަން ހައްލުކުރުމާއި، އިންޝުއަރެންސް ނުވަތަ ވޮރެންޓީ ކްލެއިމްތައް ކުރިއަށްގެންދިއުމުގެ އިތުރުން ފަހުން ބޭނުންވާ އެހީތެރިކަން (އާފްޓަރ-ސޭލްސް ސަޕޯޓް) މެނޭޖްކުރުން.
  • ކުރިމަގުގައި މުދާ ގަންނާނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި، ސަޕްލަޔަރުން ފޯރުކޮށްދޭ މުދަލުގެ ފެންވަރާއި، ވަގުތަށް މުދާ ފޯރުކޮށްދިނުމާއި، އަދި އަގުތަކަށް ބަލައި އެފަރާތްތަކުގެ މަސައްކަތްތައް ވަޒަންކުރުން.
  • އޮޑިޓްތަކަށް ފުރިހަމައަށް ތައްޔާރުވުމަށާއި ގަވާއިދުން ރިޕޯޓްތައް ތައްޔާރުކުރުމަށްޓަކައި، އީ.އާރް.ޕީ ސިސްޓަމް (މައިކްރޯސޮފްޓް ޑައިނަމިކްސް އޭ.އެކްސް/ވަންޑްރައިވް) ގައި ސައްޙަ މައުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަކަށާއި، ކޮރަޕްޝަނާ ދެކޮޅު މިންގަނޑުތަކަށާއި، ސިއްރުތައް ހިފެހެއްޓުމުގެ ގަވާއިދުތަކުގެ އިތުރުން މަސްލަހަތު ފުށުއަރާ ކަންކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

  އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 27 އޮގަސްޓު 2026 ވަނަ ދުވަހު މެންދުރު  12:00 ގެ ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

 

19 އޮގަސްޓް 2026
ހޯދާ