ދިވެހިރާއްޖެ
އަހަރީ އާންމު ޖަލްސާގެ ނޯޓިސް
ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ، 2016 ފެބުރުވަރީ 20 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. ވީމާ، ސީ.ބީ.އެމްގެ މެންބަރުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.
މި ބޯޑުގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ހުށަހަޅަންޖެހޭ، އާންމު ޖަލްސާގައި، މެންބަރުން ތަމްސީލުކުރާނެ ފަރާތްތަކުގެ މަޢުލޫމާތު، 2016 ފެބުރުވަރީ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ބޯޑަށް އަންގަވައިދެއްވުން އެދެމެވެ. ކްރިކެޓް ބޯޑުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މި ޖަލްސާގައި ބައިވެރިވެވޭނީ ފާއިތުވެދިޔަ 2 އަހަރު ބޯޑުން ހިންގި އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވެފައިވާ މެންބަރުންނަށެވެ. އަދި މިޖަލްސާއަށް އެއްވެސް މައްސަލައެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ނަމަ، އެ މައްސަލައެއްވެސް 2016 ފެބުރުވަރީ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ބޯޑަށް ފޮނުއްވައިދެއްވުން އެދެމެވެ.
އާންމު ޖަލްސާއާބެހޭ މަޢުލޫމާތު:
އާންމު ޖަލްސާ ބާއްވާ ތަން: ހޮޓެލް ޖެން
ދުވަސް: 20 ފެބުރުވަރީ 2016
ގަޑި: 10:00 ން 12:00 އަށް
ޖަލްސާގެ އެޖެންޑާ:
- ތައާރަފު- ބޯޑުގެ ޕްރެޒިޑެންޓް
- 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހެޅުން
- 2015 ވަނަ އަހަރުގެ އަހަރު ރިޕޯޓު ފާސްކުރުން
- 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ފާސްކުރުން
- 2016 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން
- 2016 ވަނަ އަހަރަށް އޮޑިޓަރެއް ޢައްޔަންކުރުން
- މެންބަރުން ހުށަހަޅާ މައްސަލަ