މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެފޭ/ރެސްޓޯރަންޓް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިން ކުއްޔަށް ދިނުން

އިޢުލާން

 

ކެފޭ/ރެސްޓޯރަންޓް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިން ކުއްޔަށް ދިނުން

ކެފޭ އަދި ރެސްޓޯރަންޓް ހިންގުމުގެ ބޭނުމަށް 15 އަހަރުދުވަހުގެ މުއްދަތަކަށް 5 ބިން ކުއްޔަށް ދިނުމަށް ކިނޮޅަހު ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް ހާޒިރުވެ މައުލޫމަތު ސާފުކުރުމަށްފަހު ޕްރޮޕޯޝަލް ހުށައެޅުން އެދެމެވެ.

  • މައުލޫމާތު ދިނުމުގެ ސެޝަން: 25 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 11:00 ގައި ކިނޮޅަހު ކައުންސިލްގައި
  • ޕްރޮޕޯޝަލް ހުށައެޅުން: 01 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 11:00 ކުރިން ކިނޮޅަހު ކައުންސިލްގައި

  މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ 01 ސެޕްޓެމްބަރ 2026 ވާ އަންގާރަދުވަހުގެ މެންދުރު ކުރި  11:00ގައި ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީ އުރާގެ ބޭރުގައި ހުށައަޅާ ފަރާތުގެ މައުލޫމާތު އަދި އިޢުލާން ނަމްބަރ ލިޔެފައި އޮންނަންވާނެއެވެ.

  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

 

06 އަބީޢުލްއައްވަލް 1448

19 އޮގަސްޓް 2026

 

 

                                                                           

19 އޮގަސްޓް 2026
ހޯދާ