މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2 ވަނަ އެމް.ބީ.އޭ ކަޕް 2016
2 ވަނަ އެމް.ބީ.އޭ ކަޕް 2016
މިއެސޯސިއޭޝަނުން އިންތިޒާމުކޮށްގެން 10 މާރިޗު 2016 ގައި ފެށުމަށް ހަމަޖެހިފައިވާ 02 ވަނަ އެމް.ބީ.އޭ ކަޕް 2016 އަންހެން ޑިވިޝަނާއި ފިރިހެން 1 ވަނަ އަދި 2 ވަނަ ޑިވިޝަންގައި ބައިވެރިވުމަށް ބޭނުންވާ ކްލަބް ޖަމްޢިއްޔާތަކުން 25 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން އެންގެވުން އެދެމެވެ. އަދި ޓީމުލިސްޓު 3 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
މިމުބާރާތުގެ ގަވާއިދާއި އިތުރު މަޢުލޫމާތު މިއެސޯސިއޭޝަންގެ ވެބްސައިޓް (www.mba.org.mv) އަދި ފޭސްބުކް ގްރޫޕް (Maldives Basketball Association-MBA) އިން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.
04 ފެބުރުވަރީ 2016
ހޯދާ