ދިވެހިރާއްޖެ
އިޢުލާން
މި ކޯޓުގެ ވަށާ ފާރުރޭނުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުން
މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް ކޯޓުގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަކޮށް މިކޯޓުގެ އީމެއިލް [email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ ބިޑް ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.
މިކަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް، އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ
އަންދާސީ ހިސާބް ހުށަހެޅުމާބެހޭ:
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑި |
26 އޮގަސްޓް 2026 |
ބުދަ |
13:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
6 ސެޕްޓެމްބަރ 2026 |
އާދިއްތަ |
13:00 |
އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް މި ކޯޓުގެ ނަންބަރު 6840158 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
