ދިވެހިރާއްޖެ
މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތުތަކާއި އެއްގޮތަށް މި ރަށު ފުޓްސަލް ދަނޑުގައި އަޅާފައިވާ ޓާރފް ނަގާ އައު ޓާރފްއަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2026 އޮގަސްޓް 26 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް މެއިލް އެޑްރެސް [email protected] އަށް ހުށަހަޅާ ފަރާތް (ކުންފުނި/ޕާޓްނަރޝިޕް/ފަރުދުންގެ ވިޔަފާރި)ގެ ނަން، ވެރިފަރާތުގެ ފުރިހަމަ ނަމާއި އަދި ރަސްމީ ފޯނުނަންބަރު މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް މެއިލްނުކުރާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެއެވެ.
މި އިޢުލާނާއެކު މި މަސައްކަތްތަކުގެ މަޢުލޫމާތާއި އުޞޫލްތައް އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ހިމެނޭ ބިޑް ޑޮކިއުމަންޓް އެއްކަރުދާސްކުރެވިފައި ވާނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ.
މި މަސައްކަތާގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ މަތީގައިއެވާ މެއިލަށް 2026 ސުވާލު ހުށަހަޅާ ފަރާތްތަކަށް ލަސްވެގެން މެއިލް ފޮނުވާ ދުވަހުގެ ޖެހިގެން އަންނަ ދުވަހު ޖަވާބު ފޮނުވޭނެއެވެ. ސުވާލުތަކަށް ޖަވާބު ފޮނުވޭނެ އެންމެ ފަހުގެ ތާރީޚަކީ 2026 އޮގަސްޓް 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މަސައްކަތުގެ ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2026 އޮގަސްޓް 27 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.
