ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖްތިމާޢީ ޞަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތްތައް ހޯދުމާގުޅޭ

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 އޮގަސްޓް 2026ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ.

  • ·         ރަށުގެ ދެކުނު ފަރާތު ހިލަތޮށިމަތިން މޫދަށް ފޭބުމަށް ހެދިފައިވާ 2 ވަނަ ސިޑީގެ ހުޅަނގަށް 100 ފޫޓު، ސިޑީގެ އިރުން 100 ފޫޓު، އުތުރަށް 33 ފޫޓު ކުނިކަހައި ސާފުކުރުމަށް އަދި ހަފްތާއަކު 1 ފަހަރު ސިޑިއާއި ސިޑީގެ ފަޑި އާއި މޫދުގައި ހުރި ބައި ސާފުކުރުމަށް.
  • ބައެއް ޙާވާލުކުރެވި ޤަވާއިދުން މިމަސައްކަތް ކުރާ ފަރާތްތަކަށް މަހަކު -/2000 (ދެހާސް) ރުފިޔާ އުޖޫރައިގެ ގޮތުގައި ލިބޭނެއެވެ.
  • މިމަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރުމުގައި މިވަގުތު އިޖުތިމާއީ ސަރަޙައްދެއް ސާފުކުރަމުން ނުދާ ފަރާތެއް ކުރިމަތިލައިފިނަމަ އެފަރާތަކަށް އިސްކަންދެވޭނެއެވެ. މިފަދަ ފަރާތެއް ކުރިމަތިލާފައި ނެތްނަމަ މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވާނީ މިކަމަށް އެދުނު ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.
  • ކުރިމަތިލައްވާ ފަރާތަކީ މިމަސައްކަތަށް ޝައުޤުވެރިކަން ހުރެގެން މިމަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތް ކުރަންވާނީ މަސައްކަތް ހަވާލުވާ ފަރާތުންނެވެ. 

މިކަމަށް އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު:

1. ޢުމުރުން 18 އަހަރާއި، 65 އަހާރާ ދެމެދުގެ މީހަކު ކަމުގައިވުން.

2.  ރަށުގެ ރައްވެއްސަކަށްވުން، ނުވަތަ ރައްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހަކު ކަމުގައިވުން.

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

18 އޮގަސްޓް 2026
ހޯދާ