ދިވެހިރާއްޖެ
ގއ.ކަނޑުހުޅުދޫ ކައުންސިލުގެ ފަރާތުން ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ދިނުމުގެ ގޮތުން މި ކައުންސިލްގެ އިދާރާއިން ކަނޑު އުޅަނދު ދުއްވުމުގެ އިމްތިހާނު ދެއްވުމަށް އެގްޒަމިނަރަކު ހޯދުމަށް ބޭނުންވެއެވެ. މި ގޮތުން ކަނޑު އުޅަނދު ދުއްވުމުގެ އެގްޒަމިނަރުން ހޮވުމުގައި ނިޔަމިކަމުގެ ސެޓިފިކެޓް އޮތުމާއި އެކު ގިނަ ކެޓަގަރީތައް އޮތް ފަރާތަކަށް ވުމާއި، ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގިފަހުން 01 (އެކެއް) އަހަރު ދުވަހު އުޅަނދު ފަހަރު ދުއްވުމުގައި ހޭދަކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ. މި ގޮތުން މިކަމަށް އެދި ހުށަހަޅާއިރު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅެމަށް ދަންނަވަމެވެ.
- ކަނޑުގެ ލައިސަންސް ފޮތުގެ ކޮޕީ
- ނިޔަމިކަމުގެ ސަނަދު ކޮޕީ
- އައިޑީ ކާޑްގެ ކޮޕީ ( މުއްދަތު ހަމަނުވާ )
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި އެކު 01 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ރަސްމީ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
