ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ރަށު ކައުންސިލްތަކުންވެސް ކުރިއަށް ގެންދިއުމުގެ ފުރުސަތު އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދެއްވާފައިވާތީ މި ކައުންސިލުން ކަނޑުގެ ދުއްވުމުގެ އިމްތިހާން ދެއްވުމަށް، އެގްޒަމިނަރަކު ހޯދުމަށް ބޭނުންވެއެވެ. އެގްޒަމިނަރުން ހޮވުމުގައި ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއެކު ގިނަ ކެޓަގަރީތައް އޮތް ފަރާތަކަށް އިސްކަންދެވޭނެއެވެ. އަދި އެގްޒަމިނަރަކަށް ހޮވާ ފަރާތަކީ ލައިސަންސް ނެގި ފަހުން މަދުވެގެން 1 އަހަރުދުވަހު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.
އެގްޒަމިނަރެއްގެ ގޮތުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
- ކަނޑުގެ ލައިސަންސް ފޮތުގެ ކޮޕީ
- ނިޔަމި ކަމުގެ ސަނަދު ކޮޕީ
- އައިޑީ ކާޑްގެ ކޮޕީ
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 އޮގަސްޓް 2026 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް މަތީގައި ދަންނަވާފައިވާ ތަކެތި ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.
