މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމިޓީގެ ހޭންޑްބޯލް މުބާރާތް 2026ގެ ބައެއް މަސައްކަތްތައް އައުޓްސޯސް ކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2026/07

ރ. މަޑުއްވަރީ އަންހެނުންގެ ތަރަޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހޭންޑްބޯޅަ މުބާރާތް 2026ގެ ބައެއް މަސައްކަތްތައް އައުޓްސޯސްކުރުމަށް ބޭނުންވެއެވެ.

މަސައްކަތާއިގުޅޭ މަޢުލޫމާތު

  • މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު، ނިންމުމުގެ ރަސްމިއްޔާތު އަދި މެޗުތައް ފޮޓޯނަގައި އތމ ކޮމިޓީގެ ފޭސްބުކް ޕޭޖުގައި އާންމުކުރުން.  ކޮންމެ މެޗަކުން މަދުވެގެން 30 ފޮޓޯ
  • މުބާރާތުގެ  ސޯޝަލްމީޑިއާ ޕޯސްޓުތައް ތައްޔާރުކޮށް އތމ ކޮމިޓީގެ ފޭސްބުކް ޕޭޖުގައި އާންމުކުރުން،

- މުބާރާތުގެ ކައުންޓްޑައުން - މެޗްޑޭ ޕޯސްޓް  - ފުލްޓައިމް ޕޯސްޓް

- ޕްލޭޔަރ އޮފްދަމެޗް ޕޯސްޓް  - ސްޓޭންޑިންގްސް ޕޯސްޓް

– މުބާރާތުގެ ވަނަތައް އިއުލާންކުރާ ޕޯސްޓްތައް

  • މުބާރާތުގެ ސައުންޑް ސެޓަޕް އަދި ކޮންޓްރޯލްކުރުން.
  • ދަނޑުގެ އެކި ސަރަޙައްދުގައި ހަރުކުރާ ބެނާތަށް ޑިޒައިންކޮށް ޕްރިންޓުކޮށް ހަރުކުރުން.

-  2 މުބާރާތުގެ ނަން ބެނާ (2x12)ފޓ

-  1 ޗެމްޕިއަން ބެނާ (2x12)ފޓ

-  1 ޕްލޭޔަރ އޮފްދަމެޗް ބެނާ (8x8)ފޓ

-  1 ގިޑިގެ (7x12)ފޓ

  • މުބާރާތުގެ މެޗުތައް ވަގުތުން ރިޕްލޭއާއެކު ދުރަށް ދެއްކުން.
  • ކޮންފެޓީ އެރުވުން
  • ދަނޑު ކުރެހުން – ހުދު ދަވާދު
  • ދިދަ ހަރުކުރުން
  • މުބާރާތުގެ ޓްރޮފީތަކާއި މެޑަލްތައް ގެނައުން އަދި ލޭބަލްކުރުން.   

އަދަދު

ޓްރޮފީ

ސައިޒް(inch)

11

މެޗުގެ އެންމެ މޮޅުކުޅުންތެރިން ޓްރޮފީ

8-5

01

ފެއަރޕްލޭ ޓީމް ޓްރޮފީ

13-10

01

ރަނަރަޕް ޓްރޮފީ

18-15

01

ޗެމްޕިއަން ޓްރޮފީ

25-20

07

ބެސްޓް 07 ޓްރޮފީ

10-5

20

ގޯލްޑް މެޑަލް

 

20

ސިލްވަރ މެޑަލް

 

  • ލެޑް ސްކޯބޯޑު ސެޓަޕް އަދި ކޮންޓްރޯލްކުރުން. ސްކޯބޯޑު ސައިޒު 2.5މީޓަރު، 1.5 މީޓަރު
  • މުބާރާތުގެ މެޗުތަކުގައި ލެޑް ސްކޯބޯޑުން ރިޕްލޭދެއްކުން
  • މުބާރާތް ނިމުމުން ދަނޑުގައި ހުރި ކޮންފެޓީތައް ނަގައި ދަނޑު ސާފުކުރުން

މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ޖުމްލަ އަދަދު: 11

ރަޖިސްޓްރީކުރުން

2026 އޯގަސްޓް 23 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

އ.ތ.މ ކޮމިޓީގެ ހޭންޑް ބޯލް މުބާރާތުގެ ބައެއް މަސައްކަތްތައް އައުޓްސޯސްކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2026 އޯގަސްޓް 23 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • ·         2026 އޯގަސްޓް 24 ވާ ހޯމަ ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- ބީލަން ހުށަހަޅަންވާނީ މިކައުންސިލުން ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"އ.ތ.މ ކޮމިޓީގެ ހޭންޑްބޯލް މުބާރާތް 2026ގެ ބައެއް މަސައްކަތްތައް އައުޓްސޯސް ކުރުން"

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް.

- ޓެކްސް ކުލިއަރެންސް ރިޕޯޓް.

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ :

- އަގު: ނުވަދިހަ އިންސައްތަ

- ތަޖުރިބާ: ދިހަ އިންސައްތަ

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގެވެ.
  2. ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 3 އަހަރު ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ލިޔުމަށެވެ.
  3. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  4. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  5. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

18 އޮގަސްޓް 2026
ހޯދާ