ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ބަނދަރަށް އަންނަ ބޯޓުފަހަރުން މުދާ ލޯޑްކޮށް އަންލޯޑްކޮށް ދެއްވާނެ ފަރާތެއް ހޯދުމަށް

މިކުންފުނީގެ ބަނދަރަށް އަންނަ ބޯޓުފަހަރުން 06 (ހަ) މަސް ދުވަހުގެ މުއްދަތަށް ސަބްކޮންޓްރެކްޓްގެ ގޮތުގައި ކާގޯ ލޯޑު ކުރުމާއި އަންލޯޑު ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ބީލަން ހުށަހަޅާ ފަރާތަކީ، ހިތަދޫ ޕޯޓް ލިމިޓެޑްގެ ވެރިއެއް ނުވަތަ މުވައްޒަފަކާ ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ފަރާތެއް ކަމުގައިވާނަމަ ނުވަތަ މި ކުންފުނީގައި ވަޒީފާ އަދާކުރާ ފަރާތެއް ނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަންވާނެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ގޮތަށް މަޢުލޫމާތު ސާފުކުރުމަށް ފަހު، ހިތަދޫ ޕޯޓް  ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ޕްރީބިޑް މީޓިންގ

  • ޕްރީބިޑް މީޓިންގް31  އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 09:30 އަށް އެޗް.ޕީ.އެލް އެޑްމިން އޮފީހުގައެވެ.

( ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ މައުލޫމާތު ސާފުކުރުމަށް ވަޑައިގަށްނަވާ ފަރާތްތަކަށެވެ)

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 09:30 އަށް އެޗް.ޕީ.އެލް އެޑްމިން އޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.  (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

އިތުރު މައުލޫމާތު ބޭނުންވާނަމަ:

 

 އީމެއިލް: [email protected]

  ފޯން : 6883020 (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 12:00 އަށް)

18 އޮގަސްޓް 2026
ހޯދާ