ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'އެކެފަރު' ދޯނި ކުއްޔަށް ދޫކުރުމާބެހޭ

އިޢުލާން

އަތޮޅުކައުންސިލްގެ '' އެކެފަރު '' ދޯނި ކުއްޔަށް ދޫކުރުމާބެހޭ

އަތޮޅުކައުންސިލްގެ '' އެކެފަރު '' ދޯނި ކުއްޔަށް ދޫކުރާގޮތަށް އަތޮޅުކައުންސިލްގެ 93 ވަނަ އާންމު ބައްދަލުވުމުން ނިންމަވާފައިވާތީ މަހަކު ކަނޑައެޅޭ ވަކި އަގެއް އަތޮޅުކައުންސިލަށް ދައްކާގޮތަށް އެކެފަރު ދޯނި ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އެކެފަރު ދޯނި ކުއްޔަށް ދޫކުރާ އެންމެ ކުޑަ އަގަކީ މަހަކު -/10000 ( ދިހަހާސް ) ރުފިޔާއެވެ. މިކަމަށް އަންދާސީހިސާބު ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއާއި ކުންފުންޏެއް ނުވަތަ އިންވެސްޓްމެންޓެއްނަމަ، ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

ހުށަހެޅުންތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެ މިންގަނޑު

  • ހުށަހަޅާ އަގަށް                %60
  • ލިބިފައިވާ ތަޖުރިބާއާއި ގާބިލުކަމަށް     % 15
  • މުއްދަތަށް                   %25

ގަޑިޖެހިގެން މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް އަންނަ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

28 ރަބީޢުލްއާޚިރު 1437

07 ފެބުރުވަރީ 2016
ހޯދާ