ދިވެހިރާއްޖެ
މިކައުންސިލުން ދެމުން ގެންދާ އެއްގަމު ލައިސަންސް ދޫކުރުމުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ހަތަރު ފުރޮޅުލީ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް، 2026 އޯގަސްޓް 19 ވާ ބުދަ ދުވަހުން ފެށިގެން، ކޮންމެ ޙަފްތާއެއްގެ ހޯމަ އަދި ބުދަ ދުވަހު ދިނުމަށް ހަމަޖައްސައިފީމެވެ. އަދި ދުވާލަކު ގިނަވެގެން 15 މީހުންނަށް ޚިދުމަތްދޭނެ ވާހަކަ ދަންނަވަމެވެ.
ޚިދުމަތުގެ ފީ: - ތިއަރީ ޓެސްޓް ހަދާ ކޮންމެ ފަހަރަކަށް 50 (ފަންސާސް) ރުފިޔާ.
- ޕްރެކްޓިކަލް ޓެސްޓް، ނުވަތަ ދުއްވުމުގެ ޓެސްޓް ހަދާ ކޮންމެ ފަހަރަކަށް 50 (ފަންސާސް) ރުފިޔާ.
- ކެޓަގަރީ އިތުރުކުރުމަށް ދުއްވާ ކޮންމެ ފަހަރަކު 100 (ސަތޭކަ) ރުފިޔާ.
ޚިދުމަތަށް އެދޭނީ އީފާސްމެދުވެރިކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލުންނެވެ. ސިމްސް ޕޯޓަލްގެ ލިންކެ ތިރީގައި އެވަނީއެވެ. ޙަފްތާގެ ކޮންމެ ދުވަހަކުވެސް ޚިދުމަތަށް އެދި ފޯމް ފުރިހަމަކުރެވޭނެއެވެ.
https://sims.transport.gov.mv/login
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
