ދިވެހިރާއްޖެ
ނަންބަރު: (IUL)391/391/2026/85
އިޢުލާން
ތިމަރަފުށީ ބަނދަރު ތެޔޮގުދަނުން ފެށިގެން ދެކުނަށް އޮތް ހުސްބިން، ސަންރައިޒް ފާކް ، ބަށިކޯޓް ، ޓާފްދަނޑު އަދި ކާޑުގެ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
ތ. ތިމަރަފުށީ ކައުންސިލް އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް، އަންނަނިވި ބިންތަކާއި އިމާރާތްތަކުގެ އެތެރެއާއި ބޭރު ސާފުކޮށް، ވިނަ ނޮޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ސާފުކުރަންޖެހޭ ތަންތަން:
- ބަށި ކޯޓު
- ބަނދަރުމަތީ ތެޔޮގުދަނުން ފެށިގެން ދެކުނަށް އޮތް ހުސްބިން
- ސަންރައިޒް ޕާކް (އެސްޖޭ ޕާކް)
- ހިއްކި ސަރަހައްދު ޓާފް ދަނޑު ވަށައިގެން 10 ފޫޓް
- ކާޑުގެ
މައުލޫމާތު ސާފުކުރުން: މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ. މި މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 24 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.
މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި ބިޑް ހުށަހަޅުއްވާނީ މިއިދާރާއިން ފޯރުކޮށްދޭ ފޯމުގައެވެ. އަދި ފޯމުގައި ބިޑާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހިމެނިފައިވާނެއެވެ.އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6780674 ނަންބަރާ ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަންޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
