ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކެމްޕަސް މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ކެމްޕަސް މެނޭޖަރ

މަސައްކަތް ކުރަންޖެހޭ ތަން: ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ މުއްދަތު: ދާއިމީ

މަހު އުޖޫރަ: އަސާސީ މުސާރަ -/8،835 ރުފިޔާ އެލަވަންސް: -/2،000 ރުފިޔާ

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ކުރިމަތިލާ ފަރާތުގައި ހުންނަންޖެހޭ އެންމެ ދަށް ތަޢުލީމާއި ތަޖުރިބާ:

- ބެޗެލަރޒް ޑިގްރީއަކަށްފަހު، ދަސްކުރި ތިއަރީތަކާއި އުޞޫލުތައް ހަރުދަނާކޮށް ބޭނުންކުރަން އެނގުމަށް ނުވަތަ އިތުރަށް ދަތުމަށް މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

- މެނޭޖްމަންޓް ތަޖުރިބާ ނުވަތަ ޚާއްޞަ ހުނަރުތައް އެނގުން.

- މަތީގައި ބަޔާންކުރެވުނު ހުނަރާއި ތައުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ކޯސް ނިންމިކަމުގެ ލިއުންތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ޞައްޙަކަމަށް ސޮއިކޮށް، ގުޅޭނެ ފޯނު ނަންބަރާއެކު)
  6. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ޔުނިވަރސިޓީގެ ރިސެޕްޝަނުން ލިބެންހުންނާނެ)

ސިޓީ ފޮނުވަންވީ ތާރީޚު: 2016 ފެބުރުވަރީ 17 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3322718 ނަންބަރު ފޯނާއެވެ.

29 ރަބީޢުލްއާޚިރު 1437

08 ފެބުރުވަރީ 2016
ހޯދާ