ދިވެހިރާއްޖެ
ރަށުގެ މޫނުމަތި ހަޑިވާގޮތަށް ބަނދަރު ސަރައްދުގައި (ބަނދަރު ކުރިމަތީގައި ހުރި ރުއްގަސްތަކުގެ ތެރެއާއި ބަނދަރުގެ ދެފަރާތު އަތިރިމަތީގައި) ބަހައްޓާފައިވާ މަސްވެރިންގެ ހަރުމުދާ (ފައިބަރު ފޮށި، ނަގިލި، ލޮތާރި، ވައު، ހަން، ފީފާ، ފެން ޕަމްޕް، އިންޖީނު އަދި ޖަނަރޭޓް ފަދަ ތަކެތި)، އެމުދަލުގެ ވެރިފަރާތެއް ވާނަމަ 30 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ ކުރިން އެސަރަހައްދުން ނަގައިގެން ގެންދިއުން އެދެމެވެ. އަދި އެފަދަ ތަކެތި އެތަކެތީގެ ވެރިފަރާތުގެ ގޯތީގައި ބެހެއްޓޭނެ ޖާގަ ނެތްނަމަ މިރަށު އައްޑޫބޭ އެރޭ މަގާއި އޮޑިއެހިލާ ސަރަހައްދާ ދެމެދުގައި، ކައުންސިލްގެ ލަފާގެމަތިން ވަގުތީގޮތުން ބެހެއްޓިދާނެ ކަމުގައި ދަންނަވަމެވެ. އަދި 30 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ ކުރިން ބަނދަރު ސަރަހައްދުން ގެންގޮސްފައިނުވާ އެފަދަ ތަކެއްޗަކީ ވެރިއަކު ނެތްތަކެތި ކަމުގައި ބަލައި ކައުންސިލްގެ ބެލުމުގެ ދަށުން ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
