ދިވެހިރާއްޖެ
ރަށުގެ އޮޑިއެހެލާ ސަރަޙައްދުން، ކުރިން އާސްކް ހޯލްޑިންގއަށް ދޫކުރެވުނު ހަރުގެ ހިމެނޭ ސަރަޙައްދުގައި (މުޙައްމަދު ވަޙީދުއަށް ދޫކުރެވުނު ހަރުގެއާ ދޭތެރޭގައި) އަދި ސޯލާ ހަޓުތަކުގެ އިރުދެކުނާއި ފެނަކަ އޮފީސް ޢިމާރާތުގެ އުތުރުން (ހިލާލީ މަގުގެ އިރުއުތުރު)ގައި މިކައުންސިލުން ރީނދޫ ކުލައިން ނަންބަރުޖަހާފައިވާ ރުއްތަކުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިރުއްތަކުގެ ވެރިފަރާތްތަކުން، "އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމް" ފުރުއްވުމަށްފަހު، 2026 އޮގަސްޓް 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިދެންނެވި ފޯމް ތިރީގައިވާ ލިންކުންނާއި މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. މަތީގައި ދަންނަވާފައިވާ މުއްދަތުގެ ކުރިން ހުށަނާޅުއްވާ ރުއް އެއީ ރައްޔިތު ރުކުގެ ގޮތުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.
ފޯމްގެ ލިންކް: vaikaradhoo.gov.mv/ruhgahuge-badhalu-form
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
