ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނީންގެ ޖަމުޢިއްޔާގެ ވޯޓަރސް ރަޖިސްޓްރީގައި ރަޖިސްޓްރީވުމާއި، ހިންގާކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ޔުނިވަރސިޓީގެ ދަސްވެނީންގެ އަސާސީ ޤަވާއިދުގެ 9 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޖަމުޢިއްޔާގެ ފުރަތަމަ ދާއިމީ ހިންގާކޮމިޓީ އިންތިޚާބުކުރުމަށްޓަކައި ވޯޓުލާ މެންބަރުންގެ ރަޖިސްޓްރީ އެކުލަވާލުމާއި، ހިންގާކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފީމެވެ. މި އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލެވޭނީ ތަރީގައިވާ ޝަރުތު ފުރިހަމަވާ މީހުންނަށެވެ.
1. އިންތިޚާބުކުރެވޭ މަޤާމުތައް (ޖުމްލަ 7 މެންބަރުން)
- ރައީސް (1 މަގާމު)
- ހިންގާކޮމިޓީގެ އާންމު މެންބަރުން (6 މަގާމު)
ނޯޓު: ހިންގާކޮމިޓީގެ މަޤާމުތައް ކަމުގައިވާ ނައިބު ރައީސް، ޖެނެރަލް ސެކްރެޓަރީ، ޚަޒާންދާރު އަދި ރެޖިސްޓްރާރު އިންތިހާބުކުރާނީ އިންތިހާބުވާ އާންމު މެންބަރުންގެ ތެރެއިން ހިންގާކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ.
2. ކުރިމަތިލާ ކެންޑިޑޭޓުންގެ ޝަރުޠުތައް
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެންޏަކަށް (އެލަމްނައި) ވުން.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފުލްޓައިމް މުވައްޒަފެއްކަމުގައި ނުވުން.
- ވޯޓަރ ރަޖިސްޓަރީގައި ރަޖިސްޓަރ ވެފައިވާ މެންބަރެއްކަމުގައިވުން.
ވީމާ، މަތީގައިވަ ބަޔާންކުރެވުނު ދަސްވެނީންގެ ޖަމުޢިއްޔާގެ މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި ކަމަށް އެދޭ ފޯމް 31 އޮގަސްޓު 2026 ގެ 23:59 ގެ ކުރީން [email protected] އީމެއިލް ކުރެއްވުން އެދެމެވެ. މި ފޯމު ލިބެން ހުންނާނީ އެމް.އެން.ޔޫ. ވެބްސައިޓްގެ އެލަމްނައި ޕޭޖްގެ (mnu.edu.mv/alumni) ޑައުންލޯޑް ބައިންނެވެ.
އަދި މި ޖަމުޢިއްޔާގެ ވޯޓުލާ މެންބަރަކަށް ރަޖިސްޓްރީ ކުރުމަށް https://forms.gle/bCDkYLtWoTbsM5TT7 ލިންކުން 16 ސެޕްޓެންބަރު 2026 ގެ 23:59 ކުރީން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.
17 އޮގަސްޓް 2026
