މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ޢިޖުތިމާއީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓައިދިނުން!

އިޢުލާން

 

ރަށުގެ ޢިޖުތިމާއީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓައިދިނުން!

  1. މިރަށުގެ އިޖުތިމާޢީ ސަރަޙައްދު 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް ކުނިކަހާ ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)332-ADHR/332/2026/75 އިޢުލާންއިން ކެޓަގަރީ C ގެ ގޮތުގައި ކަޑައަޅާފައިވާ ސަރަހައްދު ކުނިކަހައި ސާފުކުރުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީ އެސަރަހައްދު ކުނިކަހާ ސާފުކުރާނެ ފަރާތެއް ހޯދުމަށް 2 (ދޭއް) ވަނަ ފަހަރަށް އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތަކަށް ހުޅުވާލަމެވެ.
  2. މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.
  3. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 18 އޮގަސްޓް 2026 ން 24 އޮގަސްޓް 2026 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 12:45 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމް އަދި ފޯމާއި އެކު ހުށަހެޅުމަށް ބުނެފައިވާ ލިޔުންތައް މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލް ކުރާނަމަ މެއިލް ކުރަންވާނީ މިއިދާރާގެ ޕްރޮކިއުމެންޓް މެއިލް [email protected] އަށެވެ. އިތުރު އެހެން މެއިލްތަކަށް ފޮނުވާ ރަޖިސްޓްރޭޝަން ފޯމްތަށް ބަލައެއްނުގަނެވޭނެއެވެ. އަދި ބިޑްފޮތް މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފޯމް ގެޒެޓް، މިއިދާރާއިން އަދި ވައިބާ ކޮމިއުނިޓީ ގްރޫޕް ލިބެންހުންނާނެއެވެ.
  4. މިބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 27 އޮގަސްޓް 2026 ވަނަދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
  5. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 30 އޮގަސްޓް 2026 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ. ބީލަން ހުޅުވުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން (ބަދަލުގައި ފޮނުވާ ފަރާތްތައް) ކޮންކުންފުންޏަކުން ކަން އަދި ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. މިލިޔުން ހުށަހަޅަންވާނީ ބީލަން ހުށަހަޅާ ސިޓީއުރައާއި ވަކިންނެވެ.
  6. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ

ސަލީމީހިގުން، ކ.ދިއްފުށި

ފޯން: 6640071

އީމެއިލް: [email protected]

 

17 އޮގަސްޓް 2026
ހޯދާ