ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު:                      އެސިސްޓަންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:                01

ރޭންކް:                     އެމް.އެސް 3

ކްލެސިފިކޭޝަން:                ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:                    -/7035 ރުފިޔާ

ސަރވިސް އެލަވަންސް            -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:             ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން 

ގިންތި:                     ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:     ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް / ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަން މުވައްޒަފުންނަށް ލަފައާއި އިރުޝާދު ދީގެން ބަލަހައްޓާ ތިރީގައި މިވާ މަސައްކަތްތައް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ސެކްޝަނުގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމަ ގޮތެއްގައި ހަވާލުކޮށް އެންމެހައި މަސައްކަތްތައް ސުޕަރވައިޒްކޮށް ހިންގުން:

- ޑީ.އެޗް.އީ ގެ މައި ބަޖެޓާއި އަދި އެހެނިހެން އެކައުންޓްތަކުން ކުރަންޖެހޭ ޚަރަދުތަށް ކުރުމާއި ކޮންޓްރޯލް ކުރުމާއި އެކައުންޓްތަކުގެ ހުރިހާ ކަމެއް މާލިއްޔަތު ގަވައިދާ އެއްގޮތަށް ބެލެހެއްޓުން.

- ޑީ.އެޗް.އީ އަށް ރިޕޭމަންޓްގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން ހޯދަންޖެހޭ ފައިސާ މާލިއްޔަތު ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހޯދުމާއި އެކަމާގުޅޭ ހުރިހާ ހިސާބުތަށް ބެލެހެއްޓުމާއި ރިޕޯޓުތައް ތައްޔާރުކުރުވުން.

- އެ އަހަރެއްގެ ބަޖެޓާ ގުޅިގެން ހިންގަންޖެހޭ ޕްރޮގްރާމުތަކަށް ބޭނުންވާ ފައިސާ، ބަޖެޓްގެ ކަމާބެހޭ ކޯޑަށް ދުރާލައި ހަމަޖައްސާ ރިޒަރވް ކުރުމާއި، ބަޖެޓާ ގުޅިގެން ފައިނޭންސް ޔުނިޓުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. އަދި ކުރިޔަށް އޮންނަ އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓް ތައްޔާރުކޮށް، ހުށަހަޅަންޖެހޭ ތާރީޚުގެ ކުރިން ތައްޔާރުކޮށް، ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- މުވައްޒަފުންގެ މުސާރައާއި އަދި އެހެނިހެން އިނާޔަތްތައް، މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ދިނުމުގެ މަސައްކަތް ކުރުވުން.

- ބަޖެޓާއި ގުޅިގެން ބައިވެރިވާން ޖެހޭ އެކި އެކި ބައްދަލުވުން ތަކުގައި ވެރިއެއްގެ ހައިސިއްޔަތުން ބައިވެރިވެ އެ ބައްދަލުވުންތަކުގައި އޮފީސް ތަމްސީލުކުރުން.

- ފައިސާގެ ހިސާބުތައް އޮޑިޓް ކުރުމަށް ސަރުކާރުގެ ކަމާއިބެހޭ ދާއިރާއިން އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި އެ މަސަކަތްތަކުގައި އެހީތެރިވުން.

- ޑީ.އެޗް.އީ އަށް ރީޕޭމަންޓްގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން ހޯދަންޖެހޭ ފައިސާ މާލިއްޔަތު ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހޯދުމާއި އެކަމާ ގުޅޭ ހުރިހާ ހިސާބުތައް ބަލަހައްޓައި ރިޕޯޓުތައް ތައްޔާރުކުރުން.

ޝަރުޠު:

  1. އެކައުންޓިންގ/ އެކައުންޓިންގ އެންޑް ފައިނޭންސް، ހިމެނޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެކައުންޓިންގ/ އެކައުންޓިންގ އެންޑް ފައިނޭންސް، ހިމެނޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެކައުންޓިންގ/ އެކައުންޓިންގ އެންޑް ފައިނޭންސް، ހިމެނޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ބަޖެޓް ހެދުން ނުވަތަ ބަޖެޓާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

- މީގެ އިތުރުން ހިންގުމުގެ ދާއިރާގެ ތަޖްރިބާއަށް އިސްކަން ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

- މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 24 – 29 ފެބުރުވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާރޓްމަންޓްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުން.

ރ-  މަސައްކަތުގެ ތަޖުރިބާ އަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ އެކަން ދެނެގަތުމަށް، މަސައްކަތް ކުރައްވާފައިވާ ނުވަތަ ކުރައްވަމުން ގެންދަވާ އިދާރާތަކުން ހޯއްދަވާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި ކުރެއްވި މަސައްކަތް އަދި މުއްދަތު އެނގެން އޮންނަންވާނެއެވެ. އަދި މިލިޔުންތަކުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވި އަދި ވަކިވިނަމަ ވަކިވި ދުވަސް/ މަސް/ އަހަރު ވެސް އެނގެން އޮންނަންވާނެއެވެ.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ.ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 23 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ޑިޕާޓްމަންޓުގެ ނަންބަރު 3341303،3341307 ފޯނަށް ގުޅުއްވުން އެދެމެވެ.

11 ފެބުރުވަރީ 2016
ހޯދާ