އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އޮތް އޮފީސް: އިނގުރައިދޫ ސްކޫލް، ރ. އިނގުރައިދޫ

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިނގުރައިދޫ ސްކޫލް

އެޑްމިނިސްޓްރޭޓަރގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސްކޫލުގެ ބަޖެޓާއި، އެކިއެކި ފަންޑްތަކާއި، ބޭންކުގައި ހުޅުވާފައިހުންނަ ސްކޫލުގެ އެންމެހައި އެކައުންޓުތަކާއި، އެނޫނަސް ސްކޫލަށް ވަދެނިކުންނަ ކޮންމެ ފައިސާއަކާބެހޭ އެންމެހައި ކަންތައްތައް، ސަރުކާރުގެ ފައިސާ ބެލެހެއްޓުމުގެ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާގޮތުގެމަތީން ރާވައި ހިންގައި ބެލެހެއްޓުމާއި، ސްކޫލުގެ އުނގެނުމާއި އުނގަންނައިދިނުމުގެ ކަންތައްތަކާއި، އެއާ ގުޅިފައިވާ އެންމެހައި ކަންތައްތައް، އޮމާންކަމާއެކު ހިންގުމަށްޓަކައި އިދާރީގޮތުން ހަމަޖެހިފައި ހުންނަންޖެހޭ އެންމެހައި ކަންތައް ހަމަޖެހި އިންތިޒާމުވެފައިވާކަން ކަށަވަރުކޮށް، އެކަން ހިންގައި ބެލެހެއްޓުން.
  • ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.
  • ސްކޫލުގެ އެންމެހައި އިމާރާތްތަކާއި، މުދަލާއި، ސްކޫލަށް މިލްކުވެގެންވާނަމަ ވާހައި ރުއްގަހާއި، ބިންތަކާއި، ރައްކާތެރިކަމާއި، ސާފުތާހިރުކަމާއެކު ގެންގުޅެ ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސައި، އެކަން ހިންގައި ބެލެހެއްޓުމާއި، ކުދީންނާއި މުވައްޒަފުންގެ ބޯފެނާއި ފާޚާނާގެ ކަންތައް ރާވައި ހިންގައި ބެލެހެއްޓުން.
  • ސްކޫލުގައި ހިންގާ ހަރަކާތްތަކާއި، މުވައްޒަފުންގެ މަސައްކަތާބެހޭ އެންމެހައި ކަންތައްތައް ރިކޯޑުކުރެވި، އެނަލައިޒުކޮށް ރައްކާކުރެވި، ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދެވޭނެހެން އިންތިޒާމުތައް ކުރެވިފައި ހުރުމާއި، ސްކޫލުގެ ތާރީޚަށްޓަކައި، އުފައްދައި ރައްކާކުރަންޖެހޭ ލިޔުންތަކާއި، ފޮޓޯތަކާއި، ރިޕޯޓުތައް އުފައްދައި ގެންގުޅެ ފަހަށް ރައްކާކުރަންޖެހޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސައި، މިކަން ހިންގައި ބެލެހެއްޓުމާއި، އިދާރީ މުވައްޒަފުންނާއި މަސައްކަތު މީހުންގެ މެދުގައި މަސައްކަތް ބެހުމާއި، ފަސޭހަކަމާއެކު ސްކޫލުގެ މަސައްކަތް ކުރެވޭނޭ އިންތިޒާމުތައް ހަމަޖެއްސުމާއި، މުވައްޒަފުންނާ ގުޅިގެން ކުރަންޖެހޭކަމަށް ސިވިލް ސަރވިސްގެ ގަވާއިދުގައި ބުނާ އެންމެހައި ކަންތައްތައް ހިންގައި ރާވައި ބެލެހެއްޓުން.
  • ސްކޫލުގެ އެންމެހައި އިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  • ސްކޫލުގެ އިދާރީ މުވައްޒަފުންގެ އެންމެހައި މަސައްކަތްތައް ގާތުން ބަލައި އިޞްލާޙީ ފިޔަވަޅުތައް އެޅުން.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ މަޤާމު ހަމަޖައްސާނީ ތިރީގައިމިވާގޮތަށް، ލިބިފައިވާ ސެޓުފިކެޓެއްގެ ލެވެލަށް ބަލައިގެންނެވެ.

މަޤާމުގެ

ނަން

މަޤާމުގެ

ކްލެސިފިކޭޝަން

މަޤާމުގެ

ރޭންކް

އަސާސީ

ޝަރުޠު

އަސާސީ

މުސާރަ

ސަރވިސް

އެލަވަންސް

އެޑްމިނިސްޓްރޭޓަރ

އެސިސްޓެންޓް ޑިރެކްޓަރ

އެމް.އެސް.3

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ  ދާއިރާއެއްގައި  6  އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން  /  މެނޭޖްމަންޓުގެ  ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން  /  މެނޭޖްމަންޓުގެ  ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

-/7،035 ރުފިޔާ

-/2،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 ފެބުރުވަރީ 21 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

  • މި މަގާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު އޮންނާނެ ދުވަހާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި، ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް އެންގޭނެއެވެ.
  • އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ފޮޓޯކޮޕީތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ)

3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ފޯން ނަންބަރާއި، އީމެއިލް އެޑްރެސް އެނގޭނެހެން)

5. މުއްދަތު ހަމަނުވާ އައި. ޑީ. ކާޑުގެ ސާފު ފޮޓޯކޮޕީ.

6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.

7. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން،  މި  މަޤާމަށް  ހޮވިއްޖެނަމަ،  އަދާކުރަމުންދާ  ވަޒީފާއިން  ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނޯޓް: 

ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6580316 ނަންބަރު ފޯނަށެވެ.

29 ރަބީޢުލްއާޚިރު 1437

08 ފެބުރުވަރީ 2016
ހޯދާ