ދިވެހިރާއްޖެ
އިޢުލާން
ބަނދަރު އަޕްގްރޭޑް ކުރާ ސަރަޙައްދު ހުސްކުރުމާއި ގުޅޭ :
މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ރ.އިންނަމާދޫ ބަނދަރު އަޕްގްރޭޑް ކުރާ ސަރަޙައްދު ހުސްކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އެހެންކަމުން އެސަރަޙައްދުގައި އެހެލާފައިވާ ނުވަތަ ބަހައްޓާފައިވާ އެންމެހައި އުޅަނދުފަހަރާއި، އުޅަންދުފަހަރުން ނަގާފައިވާ ތަކެތި ނެގުމަށް އަންގާ އިޢުލާނު ކުރަމެވެ.
ވުމާއެކު އިޢުލާނާއެކުވާ ޗާޓާއި ފޮޓޯ ލިސްޓްގައި ހިމެނޭ ތަކެތީގެ ވެރިފަރާތުން މިއަދުން ފެށިގެން 3 ދުވަސް ތެރޭގައި މިކައުންސިލަށް ހާޟިރުވެ ނުވަތަ ކައުންސިލް ވައިބަރ ނަންބަރު 7380052 އަށް އުޅަނދު ނުވަތަ ތަކެތީގެ ތަފްސީލް ހުށައަޅައި އެތަކެތި 7 ދުވަސް ތެރޭގައި އެސަރަޙައްދުން ނެގުމަށް ދަންނަވަމެވެ. އުޅަނދާއި ތަކެތީގެ ތަފްސީލް ހުށައަޅާއިރު ވެރިފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ އަދި ގުޅޭނެ ނަންބަރު ޙިއްސާ ކުރަންވާނެއެވެ. މިމައުލޫމާތުތައް ކައުންސިލް މެއިލް ([email protected]) އަށްވެސް ފޮނުވޭނެއެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނަގާފައިނުވާ އުޅަނދު ފަހަރާއި ތަކެތި، ނުވަތަ ވެރިފަރާތެއް ނެތް، ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން އެތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. އަދި މިކަމުގެ ސަބަބުން ލިބިދާނެ އެއްވެސް އުނިކަމަކަށް ނުވަތަ ގެއްލުމަކަށް މިކައުންސިލުން ޒިންމާ ނުނަގާނެ ވާހަކަ ދަންނަވަމެވެ.
މިފަދަ ކަންކަމުގައި ރަށުގެ އާންމު ރައްޔިތުން މިކައުންސިލަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް، މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
