މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސީނިއަރ ސިވިލް އިންޖިނިއަރ - ޑިވްލޮޕްމަންޓް އޮފް ވޯޓަރ، ސްވަރޭޖް، އެންޑް ވޭސްޓް ސްޕެޝަލް ޕްރޮޖެކްޓްސް މޯލްޑިވްސް

ޑިވްލޮޕްމަންޓް އޮފް ވޯޓަރ، ސްވަރޭޖް، އެންޑް ވޭސްޓް ސްޕެޝަލް ޕްރޮޖެކްޓްސް މޯލްޑިވްސް

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ސީނިއަރ ސިވިލް އިންޖިނިއަރ

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރިއަށްގެންދާ 'ޑިވްލޮޕްމަންޓް އޮފް ވޯޓަރ،ސްވަރޭޖް، އެންޑް ވޭސްޓް ސްޕެޝަލް ޕްރޮޖެކްޓްސް މޯލްޑިވްސް' މަޝްރޫޢުތައް ހިންގުމަށްޓަކައި ސީނިއަރ ސިވިލް އިންޖިނިއަރެއް ހޯދުމަށް ބޭނުންވެއެވެ.

ސީނިއަރ ސިވިލް އިންޖިނިއަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ފެނާއި ނަރުދަމާ އަދި ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްތަކުގެ އެކިއެކި މަސައްކަތްތައް ޕްރޮޖެކްޓް ޑޮކިއުމަންޓް އަދި އިރުޝާދުނާމާ އާއި އެއްގޮތްވާގޮތުގެ މަތިން އިންޖިނިއަރިންގ އެޑްވައިސް އަދި ސަޕޯޓް ދިނުމާއި، ޕްރޮޖެކްޓް ސައިޓްތަކަށް ދަތުރުކޮށް ޓެކްނިކަލް އެސްޕެކްޓް އާއި އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރުކުރުން ހިމެނެއެވެ.

ސީނިއަރ ސިވިލް އިންޖިނިއަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

ހ) - ސިވިލް އިންޖިނަރިންގ ނުވަތަ އެންވަޔަރަމަންޓަލް އިންޖިނިއަރިންގ ނުވަތަ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 10 ގެ ސަނަދެއް ހާޞިލުކޮށްފައިވުން ނުވަތަ،

 - ސިވިލް އިންޖިނަރިންގ ނުވަތަ އެންވަޔަރަމަންޓަލް އިންޖިނިއަރިންގ ނުވަތަ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 9 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،

- ސިވިލް އިންޖިނަރިންގ ނުވަތަ އެންވަޔަރަމަންޓަލް އިންޖިނިއަރިންގ ނުވަތަ މަގާމުގެ މަސައްކަތާ ގުޅުންހުރި  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން 

ނ) ފެނާއި ނަރުދަމާ ނުވަތަ ވޭސްޓް މެނޭޖްމަންޓް ދާއިރާއިން ތަޢުލީމު ޙާސިލުކޮށްފައިވާ ނުވަތަ މަސައްކަތުގެ ތަޖުރިބާ ދިވެހިރާއްޖޭގައި ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ރ) އިނގިރޭސި ބަހާއި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެގުން

ބ) މަޝްރޫއު ހިންގުމުގައި ބޭނުންކުރާ ސޮފްޓްވެއާރތައް ބޭނުންކުރަން އެނގޭ ފަރާތަކަށްވުން

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެނގުމާއި، މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން؛ 

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއެކު ޕްރޮޖެކްޓުގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

- މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި، އެހިނެހިން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

 

އުޖޫރަ

މަޤާމުގެ އަސާސީ މުސާރަ: މަހަކު -/22،670ރ

ހާޒިރީ އިނާޔަތް: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/350ރ

މަޤާމުގެ އެލަވަންސް: މަހަކު -/16،885ރ

 

މަސައްކަތުގެ މުއްދަތު

މި މަސައްކަތުގެ މުއްދަތަކީ ބާރަ (12) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ. މިމަސައްކަތައް ހޮވޭފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރ 2026 ގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

-       ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރޭޝަން އޮފް އިންޓަރެސްޓް)

-       ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީ.ވީ)

-       ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-       ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ އެކްރިޑެޓްކުރެވިފައިވާ އެޓެސްޓެޑް ކޮޕީ

-       ވަޒީފާގެ ތަޖުރިބާ ބަޔާންކޮށް، ކުރީގައި ވަޒީފާ އަދާކޮށްފައިވާ އޮފީސްތަކުން ދޫކޮށްފައިވާ ލިޔުން/ސިޓީ

-       ސިވިލް ސަރވިސ މުވައްޒަފެއްނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީ

-       ޕްރޮޖެކްޓް މުވައްޒަފެއްނަމަ ޕްރޮޖެކްޓް ޑިރެކްޓަރގެ 'ނޯ-އޮބްޖެކްޝަން ސިޓީ'

-       ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާމްޕަލް ނުވަތަ ޕޯޓްފޯލިއޯ

މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛  ދާއިރާއިން  ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]އީމެއިލް ކުރެއްވުން އެދެމެވެ.

ޝަޢުޤުވެރިވާ ފަރާތްތަކުން 26 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ހިއުމަން ސިސޯސަސް ޑިޕާރޓްމެންޓް،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ދަރުބާރުގެ، 20344، އަމީނީމަގު، މާލެ، ދިވެހިރާއްޖެ.

އީމެއިލް: [email protected]

 

ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ. އަދި މި އިއުލާން ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެއެވެ.

17 އޮގަސްޓް 2026
ހޯދާ