ދިވެހިރާއްޖެ
މިކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް މި ކައުންސިލްގައި ބޭނުންކުރަމުންދާ އެކްސްކަވޭޓަރ މަރާމާތުކޮށް އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ދީފައިވާ މައުލޫމާތު ސާފުކުރެއްވުމަށްފަހު، މައުލޫމާތު ކަރުދާހުގައިވާ ގޮތަށް ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާރޓްނަރޝިޕް ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
ގޫގުލްފޯމްލިންކް: https://docs.google.com/forms/d/e/1FAIpQLSe97qrM6xjxCSUp5p_KFVlP1shqd2qL4Zab356J6nU2eNr0tA/viewform?usp=pp_url
|
ބީލަން ރަޖިސްޓްރީ ކުރުން |
24 އޮގަސްޓް 2026 ވަނަ ދުވަހުގެ 13:30 ގެކުރިން |
|
ޕްރީ- ބިޑް ބައްދަލުވުން |
ބޭއްވުމަށް ހަމަޖެހިފައެއް ނުވޭ |
|
ބީލަން ބަލައިގަތުން |
27 އޮގަސްޓް 2026 ވަނަ ދުވަހުގެ 13:00 ގެކުރިން |
|
ބީލަންތައް ހުޅުވުން |
27 އޮގަސްޓް 2026 ވަނަދުވަހުގެ 13:05ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި |
ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500353 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
03 ރަބީޢުލްއައްވަލް 1448ހ
16 އޮގަސްޓް 2026މ
