ދިވެހިރާއްޖެ
ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީގެ ތިރީގައި މިދަންނަވާ މަޤާމަށް ޤާބިލް އަދި ޝައުޤުވެރިވާ މީހަކު ބޭނުންވެއްޖެއެވެ.
މަޤާމު: އެކައުންޓްސް އޮފިސަރ
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: މަހަކު-/7،000 (ހަތްހާސް) ރުފިޔާ
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ / ކަސްޓަމްސް ބިލްޑިންގ / މާލެ
އިތުރު އިނާޔަތްތައް:
- ސަރވިސް އެލަވަންސް: މަހަކު -/3،500 (ތިންހާސް ފައްސަތޭކަ) ރުފިޔާ
- ޙާޟިރީ އެލަވަންސް: މަސައްކަތަށް ޙާސިރުވާ ކޮންމެ ދުވަހަކަށް -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާ
- އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ގާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ބަންދު ފައިސާ: ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު" ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ޤާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބަންދު ފައިސާ ލިބޭނެއެވެ.
- ކޮމިއުނިކޭޝަން އެލަވަންސް: މަހަކު -/350 (ތިންސަތޭކަ ފަންސާސް) ރުފިޔާ
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން މަދުވެގެން 3 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގެ ކޮންމެވެސް އެއް މާއްދާއަކުން "ސީ" ފާސް ލިބިފައިވުން.
- އެކައުންޓިންގ، ފައިނޭންސް ނުވަތަ އިންފޮރމޭޝަން ޓެކްނޮލޮޖީ އާގުޅޭ ދާއިރާއަކުން ޑިޕްލޮޕާ ނުވަތަ އެއަށްވުރެ މަތީފާހެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއެކު، ކުއިކްބުކްސް ފަދަ އެކައުންޓިންގ ސޮފްޓްވެއަރ ބޭނުންކުރުމުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މަގާމުގެ މަސްއޫލިއްޔަތު:
- ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީގެ އެކައުންޓްސް އެންޑް ޕްރޮކިއުމެންޓްގެ ކަންކަން ހިންގާ ބެލެހެއްޓުން؛
- ސޮސައިޓީގެ ފަރާތުން ސަރުކާރުގެ އިދާރާތަކަށް ފައިނޭންޝިއަލް ރިޕޯޓްތަކާއި އަހަރީ ހިސާބުތައް، ސޮސައިޓީގެ ހަޒާންދާރު ގެ ބެލުމުގެ ދަށުން ތައްޔާރުކުރުމާއި، ކަނޑައެޅިފައިވާ ސުންގަޑީގެކުރީން އެތަކެތި ހުށަހެޅުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުން؛
- ސޮސައިޓީގެ ފަރާތުން ދޭ ޚިދުމަތްތަކާއި ހިންގާ ހަރާކާތްތަކުގެ ލިޔެކިއުންތައް ބެލެހެއްޓުމާއި، ކުރެވޭ ޚަރަދުތަކާއި އަދި ލިބޭ ފައިސާގެ ރިޕޯޓްތައް ތައްޔާރުކޮށް ސޮސައިޓީގެ ހަޒާންދާރަށް ފޮނުވުން؛
- ސޮސައިޓީއިން ޚިދުމަތްހޯދާ ފަރާތްތަކަށް ކޯޓޭޝަން އާއި ޕާޗޭސް އޯޑަރ ތައްޔާރުކޮށް ފޮނުވުމާއި އިންވޮއިސް އިޝޫކުރުމަށް ކުރަންޖެހޭ ކަންކަންކުރުން؛ އަދި އިންވޮއިސްތަކަށް ފައިސާ ލިބޭކަން ކަށަވަރުކުރުން؛
- ޕެޓީ-ކޭޝް ޚަރަދުކުރެވޭ ގޮތުގެ ތަފްސީލްތައް ކުއިކްބުކްސް ސިސްޓަމް މެދުވެރިކޮށް ބެލެހެއްޓުން؛
- ސޮސައިޓީއަށް ހޯދޭ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުމާއި ސްޓޮކް ބެލެހެއްޓުން؛
- ސޮސައިޓީން ހިންގާ ކެފޭ / ފިހާރަ / ހޯލް ތަކަށް ބޭނުންވާ ތަކެތި ގަތުމާއި އެތަންތަނުގެ ހިސާބުތައް ބެލެހެއްޓުން.
- ސޮސައިޓީން ހިންގާ ކެފޭ / ފިހާރަ / ހޯލް ތަކުގެ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން.
- ޓްރެކިންގ ޑިވައިސްތައް މެނޭޖް ކުރުން.
- މިސޮސައިޓީގެ މެންޑޭޓްގައި ހިމެނޭ، ސޮސައިޓީގެ ހިންގާ ބޯޑުން ނިންމާ ކަންތައްތައް ކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ؛
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކެޝަން އޮތޯރިޓީން ފެންވަރު ނުވަތަ ލެވެލް ކަނޑައަޅައި، ތައްގަޑު ޖަހާފައިވާ ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުޅީމީ ސެޓްފިކެޓްތަކާއި ޓްރާންސްކޮރިޕްޓް (އަޞްލާ އެއްގޮތްކަން ބަޔާންކޮށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލަކު ތައްގަނޑުޖަހާފައިވާ އަޞްލު)؛
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ސީވީ ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް؛
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
އެހެނިހެން ކަންކަން:
މި މަޤާމަށް ހޮވޭނީ މީލާދީ ގޮތުން 18 އަހަރާއި 45 އަހަރާދެމެދު މީހުންނެވެ. މި އިޢުލާނުގެ ބޭނުމަށް ޢުމުރުފުރާ ބަލާނީ 2026 އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސުންގަޑި:
މިވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އޮގަސްޓް 20 ވަނަދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތަކާއެކު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 9711482 އަށެވެ.
