މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސް ޢަމަލީ ޓެސްޓް ކުރާނޭ އެގްޒަމިނަރުން ހޯދުން

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މި އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތު ތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

އަންހެން އެގްޒަމިނަރުން

- ބޭނުންވާ ޢަދަދު: 02

ފިރިހެން އެގްޒަމިނަރުން

- ބޭނުންވާ ޢަދަދު: 02

ޝަރުތު:

* ދަށްވެގެން A0, A1 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

* ފާއިތުވި 03 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޖިނާއީކުށެއް ކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.

* ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

* ޢުމުރުން 55 އަހަރު ނުވާ ފަރާތެއްކަމުގައި ވުން.

* ލައިސަންސް ދޫކުރާ ސެންޓަރެއްގައި ވަޒީފާ އަދާކުރާ ފަރާތެއްކަމުގައި ނުވުން.

* ޑްރައިވިންގ ސްކޫލެއްގައި ވޭތުވެ ދިޔަ 05 އަހަރު އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި  މަސައްކަތް ކުރަމުންދާ ފަރާތެއްކަމުގައި ނުވުން.

* ހިތާދޫ ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ ފަރާތެއްކަމުގައި ނުވުން.

 

އުޖޫރަ: 

* އިމްތިހާންކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ.

* އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ވަނަވަރާއެކު ފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެގްޒެމިނަރުކަމަށް ވުމަށް އެދި ހުށަހަޅާ ފޯމް މި ޢިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

17 އޮގަސްޓް 2026
ހޯދާ