ދިވެހިރާއްޖެ
އިޢްލާން
ވަޒީފާގެ ފުރުޞަތު:
ދ.މާއެނބޫދޫ އިޖްތިމާޢީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ މީހުން ބޭނުން ވެއްޖެއެވެ.
|
މަޤާމު: |
ކުނިކަހާ މަސައްކަތު، ގްރޭޑް 1 |
|
މަޤާމްގެ ނަންބަރ: |
J405779, J405780, J405781, J405782, J405783 |
|
ބޭނުންވާ އަދަދު: |
05 (ފަހެއް) |
|
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް - 01 އަހަރު |
|
މަޤާމްގެ ރޭންކް: |
R1 (STEP 1) |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް |
|
މުސާރަ: |
255.00 ރުފިޔާ (ޙާޟިރުވާ ދުވަހަކަށް) |
|
މަޤާމްގެ އެލަވަންސް: |
77.00 ރުފިޔާ (ޙާޟިރުވާ ދުވަހަކަށް) |
|
ޙާޟިރީ އެލަވަންސް: |
60.00 ރުފިޔާ (ޙާޟިރުވާ ދުވަހަކަށް) |
|
އެހެނިހެން އެލަވަންސް: |
1. ދައުލަތުގެ ޕޭ ފުރޭމްވަރކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގައި ދޭ ޚާއްސަ އިނާޔަތް، 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން |
|
މަޤާމުގެ މަސްޢޫލިއްޔަތު: |
|
|
މަޤާމުގެ އަސާސީ ޝަރުޠުތައް: |
ލިޔަން ކިޔަން އެގުން. ނުވަތަ މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ:
|
|
މަޤާމްގެ މަސައްކަތުގެ ދާއިރާތައް:
|
ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
އަސާސީ ޝަރުތު ހަމަވުން %50 އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް %5 އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5 އިންޓަވިއު %40 |
|
|
ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %70 (ހަތްދިހަ އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ. |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
|
|
ޝޯޓްލިސްޓް ކުރުން: |
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓްލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިންޓަވިއު/ އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 24 އޮގަސްޓް 2026 އާއި 30 އޮގަސްޓް 2026 އާ ދެމެދު، ދ.މާއެނބޫދޫ ކައުންސިލް އިދާރާގައެވެ. |
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2) ޝީޓް( އާއްމު ކުރުން: |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާއްމުކޮށް ފެންނާނެހެން މި އިދާރާގެ ފޭސްބުކްޕޭޖް އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާއްމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާއްމުކުރާ ދުވަހުން ފެށިގެން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. |
|
އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ ތަކެތި: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
|
މަޢްލޫމާތު ސާފްކުރުން |
މި އިއްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6760595 ނަންބަރަށެވެ. އީމެއިލްކުރައްވާނީ [email protected] އަށެވެ. މެއިލްކޮށްގެން ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލްތައް އަދި އެއުސޫލްތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ " ރެކްރޫޓްމެންޓް އުސޫލް" https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
16 އޮގަސްޓް 2026
