ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ލައިސަންސް ދޫކުރުމަށް އެގްޒަރމިނަރެއް ހޯދުން

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2026/33

ތާރީޚް

‏ 03 ރަބީޢުލްއައްވަލު 1448

 16 އޮގަސްޓް 2026

ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ލައިސަންސް ދޫކުރުމަށް އެގްޒަރމިނަރެއް ހޯދުން

            ކަނޑުގައި ދުއްވާ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް އަތޮޅުކައުންސިލް ތަކުގެ އިތުރުން ރަށު ކައުންސިލްތަކުންވެސް ދިނުމަށް އިޤްތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާއި،ވިޔަފާރިއާއިބެހޭ ވުޒާރާއިން ނިންމާ،ކައުންސިލް ތަކަށް އެފުރުސަތު ހުޅުވާލުމާގުޅިގެން މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް މިކައުންސިލުން މިދަނީ ތައްޔާރު ވަމުންނެވެ.

            އެގޮތުން ކަނޑުގައި ދުއްވާ އުޅަނދު ފަހަރު ދުއްވުމުގެ އިމްތިޙާން ދެއްވުމަށް އެގްޒަރމިނަރަކު ހޯދުމަށް ބޭނުންވެއެވެ.އެގްޒަމިނަރަކު ހޮވުމުގައި ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާ އެކު ގިނަ ކެޓަގަރީތައް އޮތް ފަރާތްތަކަށް އިސްކަން ދެއްވުމަށާއި،އެގްޒަރމިނަރަކަށް ހޮވާ ފަރާތަކީ ލައިސަންސް ނެގިފަހުން މަދުވެގެން އެއް އަހަރު ދުވަހު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.

            ވީމާ،މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކަނޑު ލައިސަންސްގެ ކޮޕީ،ނިޔަމިކަމުގެ ސެޓްފިކެޓުގެ ކޮޕީ އަދި އައިޑީކާޑުގެ ކޮޕީ ހިމެނޭގޮތަށް ސިޓީއެއް 27 އޮގަސްޓް 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލްގެ އީމެއިލް [email protected]  އީމެއިލް ކޮށްދެއްވުންއެދެމެވެ. އެގްޒަރމިނަރަކަށްވާ ފަރާތަށް ޓެސްޓް ހަދާކޮންމެ ބޮލަކަށް -/35 ދެވޭނެ ވާހަކަ ދަންނަވަމެވެ.

             މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

 

 

                                                                  ލަމްޢާން ވަޙީދު

                                                                ކައުންސިލްގެ ރައީސް                                                          

16 އޮގަސްޓް 2026
ހޯދާ