މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
ޑިރެކްޓަރ، ހިއުމަން ރިސޯސަސް

މި އިޢުލާންވަނީ 21 އޮގަސްޓް 2026 18:48 ގައި ބާތިލް ކުރެވިފައެވެ.


މަގާމު:

ޑިރެކްޓަރ، ހިއުމަން ރިސޯސަސް

މަގާމުގެ ނަންބަރު:

J-458687

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަގާމުގެ ގިންތި:

ދާއިމީ                                      

މަގާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 9 - ސްޓެޕް 1

ވަޒީފާ އަދާކުރަންޖެހޭތަން:

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ،މާލެ.

މުސާރަ:

މަހަކު 16,080.00 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު 7,505.00ރުފިޔާ

ހާޒިރީ ޢިނާޔަތް:

ހާޒިރުވާ ދުވަހަކަށް 205.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތް

  1. ވުޒާރާގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން ހިންގުމުގައި ޕަރމަނަންޓް ސެކްރެޓަރީގެ އިރުޝާދުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2.  ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތައްޔާރު ކުރުމާއި، އެކްޝަން ޕްލޭން ހިންގުމަށް ބޭނުންވާ ބަޖެޓް ދުރާލާ ތައްޔާރުކޮށް ހުށަހެޅުމާއި، އެކްޝަން ޕްލޭންގައިވާ ކަންތައްތައް ތަންފީޒު ކުރުން.
  3. ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގަމުންދާ އެން.ސީ.ޓީ.ސީ އާއި، އެމް.އެޗް.އެސް ގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާއާއި ގުޅޭ އެންމެހާ ކަންކަން ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް، މުވައްޒަފުންނާއި ހަވާލުކޮށްގެން ކުރުން.
  4. ވުޒާރާގެ އިދާރީ އޮނިގަނޑު އެކުލަވާލައި ނުވަތަ މުރާޖަޢާކޮށް، ފާސްކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް، (ފަންކްޝަނަލް ޗާޓު، މަޤާމުތަކުގެ މަސްއޫލިއްޔަތު ފަދަ) ތައްޔާރުކުރުން. އަދި ވަޒީފާ ބަޔާންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަދާހަމަ ކުރުން.
  5. ސިވިލް ސަރވިސް މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރުބެލުމުގެ ކަންތައްތައް ހަމަޖެހިފައިވާ އުސޫލުން ރާވާހިންގުމާއި ޕަރފޯމަންސް އެޕްރައިސަލް ހަދާ ނިންމަން އޮންނަ މުއްދަތުގެ ތެރޭގައި އެކަން ކުރެވެމުންދާކަން ކަށަވަރު ކުރުން
  6. ވުޒާރާގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ، ތަމްރީނުކުރުމުގެ ޕްލޭން އެކުލަވާލުން. އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާ ގުޅިގެންނާއި އެހެނިހެން ފުރުސަތުތައް ހޯދައިގެން ތަމްރީނު ޕްރޮގްރާމްތައް ރާވާ ހިންގުން.
  7. ވުޒާރާގެ ދާއިރާގައި ހިމެނޭ ސިވިލް ސަރވިސް މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަކިކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ރިޓަޔަރ ކުރުން ފަދަ މަސައްކަތްތައް ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކުރުން
  8. މުވައްޒަފުންގެ ހާޟިރީ ދުވަހުން ދުވަހަށް އަދާހަމަ ކުރުވުމާއި، ހާޟިރީ އާއި ގުޅިގެން ދިމާވާ މައްސަލަތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  9. އެޗް.އާރު ސެކްޝަނުން ކުރާ މަސައްކަތްތަކުގެ އުސޫލުތައް (އެސް.އޯ.ޕީ ތައް) ތައްޔާރުކުރުމާއި، ހަދާފައިވާ އުސޫލުތައް މުރާޖަޢާކޮށް އަދާހަމަކުރުމާއި، އެ އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުމަށްޓަކައި އިން-ހައުސް ސެޝަންތައް ރާވައި ހިންގުން.
  10. ވުޒާރާގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަސައްކަތްތައް ރާވާ ހިންގުން
  11. ސިވިލް ސަރވިސް ކޮމިޝަނުން ހިންގަވާ އޮޑިޓްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ކޮމިޝަނަށް ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވަން އޮންނަ މުއްދަތުގައި ފޮނުވުން.
  12. މުވައްޒަފުންގެ އުޖޫރައާއި އިނާޔަތްތައް ދިނުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުން.
  13. ވުޒާރާގެ ދާއިރާތަކަށް މުވައްޒަފުން ހޯދުމަށް ބަނޑޭރި ޕޯޓަލްއިން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  14. ސެކްޝަނުގެ އަހަރު ރިޕޯޓް ތައްޔާރުކޮށް ފޮނުއްވަންޖެހޭ މުއްދަތަށް ފޮނުއްވުމަށްޓަކައި ކުރަންޖެހޭ  ކަންތައްތައް ކަމާއިބެހޭ މުވައްޒަފުން ލައްވާކުރުވުން. އަދި ސެކްޝަންގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމާތޯ ބެލުން.
  15. އެޗް.އާރު ސެކްޝަނަށް އަންނަ ސިޓީއާއި އީމެއިލް ފަދަ ލިޔުންތައް ދުވަހުން ދުވަހަށް ޗެކްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  16. އަލަށް ވުޒާރާއާ ގުޅޭ މުވައްޒަފުންގެ ޕްރޮބޭޝަން މުއްދަތުގައި، "ސިވިލް ސަރވިސްގެ ވަޒީފާއަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް" ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
  17. މުވައްޒަފުން ހުށަހަޅާޝަކުވާތައް ބަލައިގަނެ، އެކަންކަމަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރުން.
  18. ސިވިލް ސަރވިސް މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ތަފާތު އެވޯޑް ޕްރޮގްރާމްތައް ރާވައި ހިންގުމާއި މުވައްޒަފުންގެ ވެލްފެއަރއާ ގުޅުންހުރި މަސައްކަތްތައް ކުރުން.
  19. ސިވިލް ސަރވިސް ގެ ޤާނޫނާއި ޤަވާޢިދު އިދާރާގައި ތަންފީޒުކުރުން، އަދި އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ ޙާލަތްތަކުގައި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެކަން ކުރުން.
  20. އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން ރާވާ ހިންގުން.

މަގާމުގެ ޝަރުތުތައް:

  1. އެޑްމިނިސްޓްރޭޝަން ، އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް ،ބިހޭވިއަރަލް އެންޑް އޮގަނައިޒޭޝަނަލް ސައިކޮލޮޖީ ،ބިޒްނަސް އެޑްމިނިސްޓްރޭޝަން ،ބިޒްނަސް އެނަލިސިސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް ،ބިޒްނަސް މެނޭޖްމަންޓް ،ޑޭޓާ އެނަލިޓިކްސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް ،ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް  ،ހިއުމަން ކެޕިޓަލް ލީޑަރޝިޕް ،ހިއުމަން ކެޕްޓަލް މެނޭޖްމަނަޓް ،ހިއުމަން ޑިވެލޮޕްމަންޓް ،ހިއުމަން މެނޭޖްމަންޓް އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ،ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް ،ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް މެނޭޖްމަންޓް ،ހިއުމަން ރިސޯސް އެންޑް ނޯލެޖް މެނޭޖްމަންޓް ،ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް ،ހިޔުމަން ރިސޯސް މެނޭޖްމަންޓް ،ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ،ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓަލަންޓް މެނޭޖްމަންޓް ،ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓްރޭނިންގ ،ހިއުމަން ރިސޯސް ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް ،ހިއުމަން ރިސޯސަސް  ،ހިއުމަން ރިސޯސަސް އެޑްމިނިސްޓްރޭޝަން ،ހިއުމަން ރިސޯސަސް އެންޑް އެމްޕްލޯއިމަންޓް  ،ހިއުމަން ރިސޯސަސް އެންޑް އޯގަނައިޒޭޝަނަލް ބިހޭވިއަރ  ،ހިއުމަން ރިސޯސަސް އެންޑް ޓެލަންޓް ޑިވެލޮޕްމަންޓް ،ހިއުމަން ޓެލަންޓް މެނޭޖްމަންޓް  ،ލީޑަރޝިޕް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް  ،ލީޑަރޝިޕް އެންޑް ޓެލަންޓް މެނޭޖްމަންޓް  ،ލަރނިންގ އެންޑް އޯގަނައިޒޭޝަނަލް ޗޭންޖް  ،މެނޭޖްމަންޓް ،މެނޭޖްމަންޓް އެންޑް ޕީޕަލް މެނޭޖްމަންޓް  ،މެނޭޖްމަންޓް ސައިކޮލޮޖީ ،އޯގަނައިޒޭޝަނަލް ޑިވެލޮޕމަންޓް ،އޮގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލަރނިންގ  ،އޯގަނައިޒޭޝަނަލް ސައިކޮލޮޖީ ،ޕީޕަލް މެނޭޖްމަންޓް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް ،ޕަރސަނަލް މެނޭޖްމަންޓް  ،ޕަރސަނަލް މެނޭޖްމަންޓް އެންޑް ލޭބަރ ޕްރެކްޓިސް ،ޕަބްލިކް އެޑްމިނިސްޓްރޭޝަން ،ޕަބްލިކް ޕޮލިސީ ،ސްޓްރެޓީޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް ،ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް  ،ވަރކް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ  ،ވަރކް ސައިކޮލޮޖީ  ،ވަރކްފޯސް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް  ،ވަރކްފޯސް ލަރނިންގ އެންޑް ޕަރފޯމަންސް ފައިނޭންސް ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރ ހާސިލުކޮށްފައިވުން.

މަގާމުގެ މަސައްކަތު ދާއިރާ

  • އިންސާނީ ވަސީލަތްތަކާގުޅުންހުރި މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ވުޒާރާގެ ww.defence.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ،ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.

4- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ.

6- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން /https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން،

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަ ދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ، ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          އަސާސީ ޝަރުތު ހަމަވުން                         %30

-          އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު          %5

-          ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް  %5

-          އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ          %5

-          އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)           15

-          ޕްރެޒެންޓޭޝަން                               10

-          އިންޓަރވިއު                                  %30

ނޯޓް:

1-       މަގާމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކަށް ޖުމްލަ 60 (ފަސްދޮޅަސް) ޕޮއިންޓް ލިބުން.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި (ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް) ހުށަހަޅާނީ 2026 އޮގަސްޓު 24 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން މި މި ވުޒާރާ އަށެވެ. ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް ([email protected]) އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ފޯމް އޮންލައިންކޮށް މިވުޒާރާ އަށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއޮންނާނެ ތަނާއި މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން އޮންނާނީ، 2026 ސެޕްޓެންބަރު 1 އާ 6 އާ ދެމެދު،ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓްގައެވެ.  އަދި އިންޓަވިއު ޕްރެޒެންޓޭޝަން އޮންނާނީ، 2026 ސެޕްޓެންބަރު 7 އާ 14 އާ ދެމެދު، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގައެވެ.   

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް)" އާންމުކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި  އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުން.

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313724 އަށެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

03 ރަބީޢުލްއައްވަލް 1448

16 އޮގަސްޓް 2026
ހޯދާ