ދިވެހިރާއްޖެ
މިކައުންސިލްގެ 04 ވަނަ ޤުރްއާން މުބާރާތް 2026 ސެޕްޓޭމްބަރު 03 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި މުބާރާތް އިންތިޒާމްކޮށް ވިލަރެސްކުރުމާއި، ފަނޑިޔާރުކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ދަޢުވަތާއި އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާ ކަންކަމަށް ރިޢާޔަތްކުރައްވައި، 2026 އޮގަސްޓް 19ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާނީ މި އިދާރާގެ އީމެއިލް [email protected] އަށެވެ.
ފަނޑިޔާރުންގެ ޒިއްމާއާއި މަސްއޫލިއްޔަތު:
- މުބާރާތުގެ ފަނޑިޔާރުކަން ކޮށްދިނުން
- ސުވާލުތައް ތައްޔާރުކުރުން (ޑިޖިޓަލްކޮށް)
- މާކްސް ޝީޓް ތައްޔާރުކުރުން
- މުބާރާތުގެ ވަނަތައް ހޮވުން
- މުބާރާތް ހިނގާދިޔަގޮތާއި، އިތުރަށް ރަނގަޅުކުރަން ހުރި ކަންކަމުގެމައްޗަށް ރިޢާޔަތްކޮށް ރިޕޯރޓެއް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން
މި މުބާރާތުގެ ފަނޑިޔާރުކަމަށް ހޮވޭ ފަރާތްތަކުގެ ދަތުރުފަތުރާއި، ހުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނީ މިކައުންސިލުގެ ފަރާތުންނެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު ހުޅުވާލުމުން މި އިދާރާގެ ނަންބަރު (IUL)364-MSS/364/2026/52 އިއުލާން ބާތިލްވީއެވެ.
