ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީއަލީގައި ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒެމިނަރުން ހޯދުމާއި ގުޅޭ

 

 

 

އިޢުލާން

 

ފ.ފީއަލީގައި ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒެމިނަރުން ހޯދުމާއި ގުޅޭ

 

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ ފަރާތުން ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ދިނުމުގެ ގޮތުން މި ކައުންސިލް އިދާރާއިން ކަނޑުގެ ދުއްވުމުގެ އިމްތިހާން ދެއްވުމަށް 02  ( ދޭއް ) އެގްޒެމިނަރުން ހޯދަން ބޭނުންވެއެވެ. މިގޮތުން ކަނޑު ދުއްވުމުގެ އެގްޒެމިނަރުން ހޮވުމުގައި ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއިއެކު ގިނަ ކެޓެގަރީތައް އޮތް ފަރާތްތަކަށް ވުމާއި އަދި ކަނޑު ދުއްވުމުގެ ލައިސަންސް ނެގިފަހުން މަދުވެގެން 01 ( އެކެއް ) އަހަރުދުވަހު އުޅަނދު ފަހަރު ދުއްވުމުގައި ހޭދަކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެ ވާހަކަ ދަންނަވަމެވެ. މިގޮތުން ކަނޑު ދުއްވުމުގެ އެގްޒެމިނަރަކަށް އެދި މިއިދާރާއަށް ހުށަހަޅާއިރުގައި އަންނަނިވި ލިޔެކިޔުންތައް ހުށަހަޅެމަށް ދަންނަވަމެވެ.

  • ކަނޑުގެ ލައިސަންސް ފޮތުގެ ކޮޕީ
  • ނިޔަމިކަމުގެ ސަނަދު ކޮޕީ
  • އައިޑީ ކާޑްގެ ކޮޕީ ( މުއްދަތު ހަމަނުވާ )

ވީމާ، ދަންނަވަމެވެ. ކަނޑު ދުއްވުމުގެ އެގްޒެމިނަރަކަށް ވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބަޔާންކުރެވުނު ލިޔެކިޔުންތަކާއި އެއްކޮށް ސިޓީއަކުން ނުވަތަ މިއިދާރާގެ ރަސްމީ އީމެއިލްއަށް [email protected] 20 އޮގަސްޓް 2026 ވަނަ ދުވަހުގެ 14:00 ކުރިން ފީއަލީ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

16 އޮގަސްޓް 2026

02 ރަބީޢުލްޢައްވަލް 1448

ޚާދިމްކުމް

 

 

                                                        އަޙްމަދު އިލްހާމް

                                                     ފީއަލީ ކައުންސިލްގެ ރައީސް

16 އޮގަސްޓް 2026
ހޯދާ