މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސެމީ ސްކިލްޑް ވޯކަރ- މިފްކޯ މަސްފިހާރަ/ސ.ހިތަދޫ/އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމްތަކަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު:

 ސެމީ ސްކިލްޑް ވޯކަރ

ބޭނުންވާ ޢަދަދު:

 01

ވަޒީފާގެ ބާވަތް:

 ކޮންޓްރެކްޓް 01 އަހަރު (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިފްކޯ މަސްފިހާރަ - ސ.ހިތަދޫ / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އަސާސީ މުސާރަ:

   2،850.00 ރުފިޔާ 

އިތުރު ޢިނާޔަތްތައް:

 ސާރވިސް އެލަވަންސް: 1,710.00  ރުފިޔާ

 މިނިމަމްވޭޖް އެލަވަންސް: 3,619.50 ރުފިޔާ 

ފުޑް އެލަވަންސް: 1،800.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

 އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.
  • މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށް މަސައްކަތް ކުރުމުގެ ގާބިލުކަން ހުރުން.
  • އެހެން މީހުންނާ ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
  • އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރުން.
  • ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގާބިލުކަމާއި، ސުޕަވައިޒަރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބާ މީހަކަށްވުން.
  • ޝިފްޓް އުސޫލުންނާއި، ބަންދު ދުވަސްތަކުގައި އަދި އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހޭ ހާލަތްތަކުގައި މަސައްކަތަށް ނުކުމެވޭނެ މީހަކަށްވުން.
  • އަސާސީކޮށް ލިޔަންކިޔަން އަދި ހިސާބު ނަންބަރުގެ އާންމު މައުލޫމާތު އެނގުން.
  • ޖިސްމާނީ ގޮތުން ދުޅަހެޔޮ، ބުރަ މަސައްކަތް ކުރެވޭނެ މީހަކަށްވުން.
  • ޒިންމާދާރު، ހީވާގި އަދި ގަޑިއަށް ފަރުވާތެރިވާ މީހަކަށްވުން.
  • ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމާއި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގާބިލުކަން ހުރުން.

މަޤާމްގެ މަސްއޫލިއްޔަތުތައް:

  • މަސް ފިހާރަ ހިންގުމުގައާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަރާމާތާއި ބެލެހެއްޓުމުގެ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.
  • ފިހާރައަށް ގެންނަ މުދާ އުފުލުމާއި، ބޭލުމާއި، އަދި ތަރުތީބުކޮށް ސާފުތާހިރުކަމާއެކު މުދާ ގެންގުޅުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • މަސައްކަތްކުރާ މާހައުލާއި، ބޭނުންކުރާ ސާމާނުތައް އަބަދުވެސް ސާފުތާހިރުކޮށް، ސިއްހީ މިންގަނޑުތަކާ އެއްގޮތަށް ބެލެހެއްޓުން.
  • މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށާއި، ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކަށް ހުރިހާ ވަގުތެއްގައި ފުރިހަމައަށް ބޯލަނބައި އަމަލުކުރުން.
  • ހަވާލުކުރެވޭ އާންމު މަސައްކަތްތަކާއި، އެހެނިހެން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާތައް ފަރުވާތެރިކަމާއެކު ފުރިހަމައަށް އަދާކުރުން.

އިންޓަރވިއުކުރުން:

 .އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

 ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

 ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

 ޕޮލިސް ރިޕޯރޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

 ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ   ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

 ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 20 އޮގަސްޓު 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ.

 މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

 ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

13 އޮގަސްޓް 2026
ހޯދާ