ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަންބަރު: H/IUL/2026/122A
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުންޏަށް މުދާ އުފުލާ ދޯންޏެއް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H/IUL/2026/122 އިޢުލާނާއި ގުޅިގެން އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން -/5,000 (ފަސްހާސް) ރުފިޔާއަށް ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން ބީލަމަށް ހުށަހެޅުއްވުން އެދެމެވެ. ކުރީގެ އިޢުލާނާއި ގުޅިގެން ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކުން އަލުން ބިޑް ޑޮކިއުމަންޓް ބައްލަވައިގަންނާކަށް ނުޖެހޭނެއެވެ. އަދި އެ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް އީ-މެއިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.
މި އިއުލާނާ ގުޅިގެން ވިއްކުމަށް ހުށައަޅާ މުދާ އުފުލާ ދޯންޏަކީ 2022 ވަނަ އަހަރުގެ ފަހުން ބަނދެފައިވާ ނުވަތަ ބިޑު ހުށައަޅާތާ 2 މަސްތެރޭ ބަނދެ ނިމޭނެ ދޯންޏަކަށް ވާންވާނެއެވެ.
|
|
ދުވަސް |
ވަގުތު |
|
ފައިސާ ބަލައިގަތުމަށް |
16 އޮގަސްޓް 2026 އިން 30 އޮގަސްޓް 2026 އަށް |
09:00 އިން 15:00 އަށް |
|
ޑޮކިޔުމަންޓް ދޫކުރުމަށް |
16 އޮގަސްޓް 2026 އިން 30 އޮގަސްޓް 2026 އަށް |
09:00 އިން 15:00 އަށް |
|
މަޢުލޫމާތު ދިނުން |
31 އޮގަސްޓް 2026 (ހޯމަ) |
10:00 ގައި |
|
އަގު ހުށަހެޅުން |
03 ސެޕްޓެމްބަރ 2026 (ބުރާސްފަތި) |
10:00 ގައި |
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 50,000/-ރ. (ފަންސާސް ހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ 15 އިންސައްތަ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ ބީލަން ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 90 (ނުވަދިހަ) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.
|
30 ޞަފަރު 1448 |
|
13 އޮގަސްޓް 2026 ނޯޓް:
|
