ދިވެހިރާއްޖެ
އިޢުލާން
ފަރެސްމާތޮޑާގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޕިކަޕެއް ހޯދުމާބެހޭ
ފަރެސްމާތޮޑާގެ ވޭސްޓް މޭނޭޖްމަންޓް ސެންޓަރަށް ޓޮޔޯޓާ ނުވަތަ ނިޝާން ނުވަތަ މަޒްޑާ ބްރޭންޑްގެ 1500 ކޭޖީގެ ޕަވަރގޭޓް ޕިކަޕެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ބްރޭންޑްގެ ޕިކަޕެއް ރަޖިސްޓަރީ ކުރުމަށްފަހު ސަޕްލައިކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 18 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު މެއިލް ކުރައްވާ ފަރާތްތަކުން މެއިލް ކުރައްވާނީ [email protected] މި އީމެއިލް އެޑްރެހަށެވެ.
ހުށަހަޅާ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިމިވާ ގޮތަށެވެ.
ހުށަހަޅާފައިވާ އަގަށް %45
މުއްދަތު %35
ތަޖުރިބާ %20
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 ރަބީޢުލްއާޚިރު 1437