ދިވެހިރާއްޖެ
އިޢުލާން
ޓީ ވީ، އޭ ސީ އަދި ޑެސްކްޓޮޕް ކޮމްޕިއުޓަރ ވިއްކާނެ ފަރާތެއް ހޯދުމަށް
މި ސްކޫލަށް ޓީ ވީ، ޑެސްކްޓޮޕް އަދި އޭ ސީ ގަންނަން ކުރި ނަންބަރު AS-B/IU/2016/10ފ(24 ޖަނަވަރީ 2016) އިއުލާނަށް ހުށަހެޅި އަންދާސީހިސާބުގެ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލު ކުރަމެވެ.
ވީމާ، ތިރީގައިވާ ތަކެތި ވިއްކައި އަދި އިންސްޓޯލްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.
- 50 އިންޗީގެ 2 ޓީ ވީ (ސްމާރޓް)
- 2 ޑެސްކްޓޮޕް ކޮމްޕިއުޓަރ (ކޮމްޕިއުޓަރ މޭޒާއެކު)
- 2 އޭ ސީ (24000 ބީ ޓީ ޔޫ)
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
14 ފެބުރުވަރީ 2016 (އާދީއްތަ) ދުވަހުގެ 11:00 އަށް |
16 ފެބުރުވަރީ 2016 (އަންގާރަ) ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3325762, 3321346 ނަންބަރު ފޯނާއެވެ.
30 ރަބީޢުލްއާޚިރު 1437