ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް ޤުރުޢާން މުބާރާތާއިގުޅޭ
މިކައުންސިލުން އާންމުކޮށް ހުޅުވާލައިގެން މިހިނގާ 1448 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތް ބޭއްވުމަށް ކުރެވުނު (IUL)299/299/2026/32 (09 އޮގަސްޓް 2026) އިޢުލާނުގައި ފޯމު ހުށަހެޅުމަށް ދެވިފައިވާ މުއްދަތު އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މުބާރާތް އޮންނާނީ، 2026 ސެޕްޓެމްބަރ 12 ވާ ހޮނިހިރު ދުވަހުއެވެ. މިމުބާރާތުގައި ކިޔަވަންޖެހޭ އުމުރުފުރާތަކާއި މުޤައްރަރު މި އިޢުލާނާއިއެކު އާއްމުކުރެވިފައި ވާނެއެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޮގަސްޓް 24 ވާ ހޯމަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމު މެދުވެރިކޮށް، ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ގޫގުލް ފޯމުގެ ލިންކް: https://forms.gle/S4q9z6ARgYKZRKcu8
މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
