ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
ދިވެހިރާއްޖެ
ސީނިއަރ ޖުވެނައިލް ޖަސްޓިސް އޮފިސަރ ރޭންކް.7 - ސްޓެޕް.1 J-384253

ނަންބަރު: (IUL)212-H/212/2026/24

އިޢުލާނު

 

މަޤާމު:

ސީނިއަރ ޖުވެނައިލް ޖަސްޓިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-384253

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް-7، ސްޓެޕް-1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް/  ޑައިވާޝަން އެންޑް ރީ އިންޓަގްރޭޝަން ޔުނިޓް

މުސާރަ:

މަހަކު 12,261.00 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު 5,721.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ހާޒިރީ އިނާޔަތް: ދުވާލަކަށް މުސާރައިގެ  155/- ރުފިޔާ 

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޑްރަގްކޯޓުގައި މައްސަލަ ކުރިއަށް ދާ ކުދިންގެ ޝަރީއަތް ހާޒިރުވުން އަދި ބައްދަލުވުން ތަކަށް ދިއުން.
  2. 18 އަހަރުން ދަށުގެ އިތުރު މައްސަލައެއް ނެތް، ޝަރީއަތުގެ މަރުހަލާގައި މައްސަލަވާ ކުދިންގެ ކޯޓުތަކަށް ގަވާއިދުން ޝަރީއަތްތަކަށް ހާޒިރުވެ، ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުން.
  3. ޑައިވާޝަން އެންޑް ރީ-އިންޓަރގްރޭޝަން ޔުނިޓަށް ހުށަހެޅޭ ކުދިންނާއި ގުޅިގެން ވޭދަނައިގެ މަސައްކަތް ކުރުމަށް ކުދިންގެ ގެއަށް ހޯމްވިޒިޓްކޮށް ކުއްޖާގެ ދިރިއުޅުމުގެ ހާލަތާއި މާހައުލުބެލުން.
  4. ޑައިވާޝަން އެންޑް ރީ-އިންޓަރގްރޭޝަން ޔުނިޓަށް ހުށަހެޅޭ ކުދިންނާއި ގުޅިގެން ވޭދަނައިގެ މަސައްކަތް ކުރުމަށް އިންޓަރވެންޝަން ޕްލޭން ހަދައި ރިވިއު ކުރުމާއި، ގަވާއިދުން ސެޝަންތައް ރާވާ ހިންގުން.
  5. ޑައިވާޝަން އެންޑް ރީ-އިންޓަރގްރޭޝަން ޔުނިޓަށް ހުށަހެޅޭ ކުދިންނާއި ގުޅިގެން ވޭދަނައިގެ މަސައްކަތް ކުރުމަށް ކުދިންގެ ބެލެނިވެރިންނަށް ހާއްސަކޮށް ވަކި ވަކި ކޭސްއާއި ގުޅިގެން ސެޝަންތައް ކުރިއަށް ގެންދިއުން.
  6. މުޅި ސެކްޝަންގެ ކޭސްތަކުގައި ހިމެނޭ ބެލެނިވެރިންނަށް ހުޅުވާލައިގެން ޕޮޒިޓިވް ޕޭރެންޓިންގ ޕްރޮގްރާމް ރާވާ ހިންގުން.
  7. މުޅި ސެކްޝަންގެ ކޭސްތަކުގައި ހިމެނޭ ކުދިންނަށް އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އިސްލާމިކް ކައުންސެލިންގ ސެޝަންތައް ކުރިއަށް ގެންދިއުން.
  8. ޑައިވާޝަން އެންޑް ރީ-އިންޓަރގްރޭޝަން ޔުނިޓަށް ހުށަހެޅޭ ކުދިންގެ ތެރެއިން ޖުވެނައިލް ޑިޓެންޝަން ސެންޓަރު ، ލޯންގ ޓާރމް ސެކިއޯ ފެސިލިޓީ އަދި މާފުށީ ޖަލުގައި ގައި ތިބޭ ކުދިންގެ ޖުވެނައިލް ކޯޓުން ކުރާ އަމުރުގައި ޑިޕާޓްމަންޓަށް މަތިކޮށްފައިވާ ކަންކަން ފުރިހަމަކުރުން.
  9. ޖުވެނައިލް ޑިޓެންޝަން ސެންޓަރު ، ލޯންގ ޓާރމް ސެކިއޯ ފެސިލިޓީ އަދި މާފުށީ ޖަލުގައި ގައި ތިބޭ ކުދިންގެ ހާލަތު ބެލިމަށް ތައްޔާރުކުރެވިފައިވާ ޝެޑިއުލްއާއި އެއްގޮތަށް ދަތުރުކުރުން.
  10. ޖުވެނައިލް ކޯޓުން ޕްރޮބޭޝަން އަމުރު / ޙުކުމް ފަސްކުރުމުގެ އަމުރު / ޝަރުތު އަމުރު ނެރިފައިވާ ކުދިންގެ މައްސަލަތަކުގައި ބޭއްވޭ ޕްރޮގްރެސް ބައްދަލުވުން / ރިވިއު ބައްދަލުވުންތަކުގައި ބައިވެރިވުން.
  11.  ޖުވެނައިލް ކޯޓުން ޕްރޮބޭޝަން އަމުރު / ޙުކުމް ފަސްކުރުމުގެ އަމުރު / ޝަރުތު އަމުރު ނެރިފައިވާ ކުދިންގެ މައްސަލަތަކުގައި ކޮންމެ މަހަކު ޕްރޮގްރެސް ރިޕޯޓް ފޮނުވުން.
  12. ޖުވެނައިލް ކޯޓުން ޕްރޮބޭޝަން އަމުރު / ޙުކުމް ފަސްކުރުމުގެ އަމުރު / ޝަރުތު އަމުރު ނެރުމަށް ހަމަޖެހޭ ކުދިންގެ ސެންޓެންސިންގ ކޮންފަރެންސްތަކުގައި ބައިވެރިވުން.
  13. ޑައިވާޝަން އެންޑް ރީ-އިންޓަރގްރޭޝަން ޔުނިޓަށް ހުށަހެޅޭ ކުދިންގެ ތެރެއިން ޑައިވާޝަން ދޭ ކުދިންގެ ކޭސް ކޮންފަރެންސްތަކާއި ރިވިއު ބައްދަލުވުންތަކުގައި ބައިވެރިވުން.
  14. ޑައިވާޝަންދޭ ކުދިން އަދި ކޯޓުން އަމުރު ނެރޭ ކުދިންގެ ނަފްސާނީ ހާލަތު ދެނެގަތުމުގެ ސައިކޮލޮޖިކަލް އެސެސްމަންޓް ތައްޔާރުކުރުން، ކޮންސަލްޓޭޝަން، އަދި ތެރަޕީ ސެޝަންތަކަށް ރިފަރކޮށް އައުޓްސޯސްކުރެވޭ ކްލިނިކްތަކާއި ގުޅިގެން މި ސެޝަންތައް ޝެޑިއުލްކުރުން.
  15. ޑިއުޓީ ތާވަލާއި އެތްގޮތަށް އޮންކޯލް ޑިއުޓީ އާއި ބެކްއަޕް ޑިއުޓީ ނެގުން. ( މި މުއްދަތުގައި މައްސަލަ ތަކުގެ ސީންތަކަށް ހާޒިރުވުމާއި، ކޯޓަށް ހާޒިރުވުމާއި ، ބަޔާން ނެގުމަށް ދިއުން، ކުއްލި ގޮތައް ހުށަހެޅޭ ކޭސްތަކުގެ މަސައްކަތް ކުރުން.)
  16. ޑީ.އާރް.އާރް ސެކްޝަން / ޑައިވާޝަން ޔުނިޓްގެ ތަފާސްހިސާބުތައް ނަގައި ، އެމަޢުލޫމާތު ސެކްޝަންތަކަށް ހިއްސާކުރުން، ކޭސްޓްރެކިން އަދާ ހަމަކުރުން.
  17. ޑިޕާޓްމަންޓަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ މަސައްކަތުގައި އެހީތެރިވުމާއި، ސިވިލް ސަރވިސް ގަވާޢިދުގެ ތެރެއިން އޮފީހުން ޙަވާލުކުރާ އިތުރު މަސައްކަތްތަކާއި ޒިންމާ ތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން އޮފް ޖުވެނައިލް ޖަސްޓިސް  
  2. އެޑޮލެސަންޓް ހެލްތް އެންޑް ވެލްބިއިން  
  3. ބިހޭވިއަރަލް ހެލްތް ސައިންސް  
  4. ޗައިލްޑް އެޑްވޮކަސީ އެންޑް ޕޮލިސީ  
  5. ޗައިލްޑް އެންޑް އެޑޮލެސަންޓް ޑިވެލޮޕްމަންޓް  
  6. ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ހެލްތް  
  7. ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ވެލްބިއިން  
  8. ޗައިލްޑް އެންޑް ކޮމިއުނިޓީ  
  9. ޗައިލްޑް އެންޑް ފެމިލީ ސްޓަޑީޒް  
  10. ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޖުވެނައިލް ޖަސްޓިސް  
  11. ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޗައިލްޑް ވެލްފެއަރ  
  12. ޗައިލްޑް ވެލްފެއަރ ވަރކް  
  13. ޗައިލްޑް ޔޫތް އެންޑް ފެމިލީ ޕްރެކްޓިސް  
  14. ކަރެކްޝަންސް އެންޑް ޖުވެނައިލް ޖަސްޓިސް ސްޓަޑީޒް  
  15. ކައުންސެލިންގ  
  16. އަރލީ ޗައިލްޑްހުޑް އެންޑް ފެމިލީ ސްޓަޑީޒް  
  17. ފެމިލީ އެންޑް ހިއުމަން ޑިވެލޮޕްމަންޓް  
  18. ފެމިލީ ސްޓަޑީޒް  
  19. ފެމިލީ ތެރަޕީ  
  20. ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ ސްޓަޑީޒް  
  21. ޖުވެނައިލް ޖަސްޓިސް  
  22. މެރިއޭޖް އެންޑް ފެމިލީ  
  23. މެރޭޖް އެންޑް ފެމިލީ ސްޓަޑީޒް  
  24. މެރޭޖް އެންޑް ފެމިލީ ތެރެޕީ  
  25. ސައިކޮލޮޖީ  
  26. ސޯޝަލް ސަރވިސަސް  
  27. ސޯޝަލް ވޯރކް  
  28. ސޯޝިއޮލޮޖީ  
  29. ޔޫތް ވަރކް އެންޑް ކްރިމިނަލް ޖަސްޓިސް  

 ޕްރިފަރޑް ޑިސިޕްލިންތައް:

        ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

       ނެތް

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. ސޯޝަލް ސާވިސަސް 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/Policy/Index/51

  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.އެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23އޮގަސްޓް 2026 ވަނަ ދުވަހުގެ  13:00ގެ ކުރިން،ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް، ހ.ސަކީނާމަންޒިލް (4 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (PDF) ފޯމެޓްގައި ފޮނުވުމަށް ދެންނެވީމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، 26އޮގަސްޓް 2026 އާއި 10ސެޕްޓެމްބަރ 2026 ދެމެދުގެ ތާރީޚެއްގައި، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް (ހ.ސަކީނާމަންޒިލް، 4 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031498 ނުވަތަ 3031488 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ "ރެކްރޫޓްމަންޓް އުޞޫލު"  (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

13 އޮގަސްޓް 2026
ހޯދާ