ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެންބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އިމްތިހާނު ބެލެހެއްޓުމަށް އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުން

 މިސެންޓަރުގެ 2026 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެންބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސަލް އޭލެވެލް   އިމްތިހާންގެ އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރާނެ' އޯ'ލެވެލް ފެންވަރު މީހުން ހޯދަން ބޭނުންވެއެވެ.

 ބޭނުންވާ ޢަދަދު

 15

 މުސާރަ

 ކޮންމެ ސެޝަނަކަށް -/200 ރުފިޔާ

 ޝަރުތު

  1. ދިވެހި ރައްޔިތަކަށްވުން
  2. އުމުރުން 18 އަހަރުފުރިފައިވާ މީހަކަށްވުން
  3. ޖީ.ސީ.އީ އޯލެވެލް ފެންވަރަށް އިނގިރޭސިބަސް އެނގޭ މީހަކަށްވުން
  4. އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން
  5. އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާން ކުރާ މީހަކު ނުވުން (މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު / އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް)

 ހުށަހަޅަންޖެހޭ ތަކެތި

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ.
  • ލިބިފައިވާ ތަޢުލީމް ސެޓްފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހި ކޮޕީ.
  • އެކައުންޓް ނަންބަރު ވެރިފައިކުރާ ސްލިޕް.

 

 ސުންގަޑި

 ފުރިހަމަކޮށްފައިވާ އިންވިޖިލޭޓަރުންގެ ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 20 އޮގަސްޓް   2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރީން ހުށަހެޅުއްވުން އެދެމެވެ.

 އިތުރު މައުލޫމާތު ސާފުކުރުމަށް 3330633 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

13 އޮގަސްޓް 2026
ހޯދާ