ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޕްރިންސިޕަލް އިންވެސްޓިގޭޝަން އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ތާރީޚް:

 13 އޮގަސްޓް 2026

ނަންބަރު:

(IUL)168-HR/1/2026/96 

އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

މަޤާމު:

 ޕްރިންސިޕަލް އިންވެސްޓިގޭޝަން އޮފިސަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

 ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ޝަރުޠު:

 1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް) ހާސިލް ކޮށްފައިވުން.

ނުވަތަ 

 2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ 

 3. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން އެޑްވާންސް ސެޓްފިކެޓް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ 

 4. ހިއުމަން ރައިޓްސް ކޮމިޝަނުގެ ސީނިއަރ އޮފިސަރ ލެވެލްގެ މަޤާމެއްގެ ޝަރުތު ހަމަވުމާއެކު، ސީނިއަރ އޮފިސަރ ލެވެލް  ނުވަތަ އެއަށްވުރެ މަތީ ލެވެލްއެއްގެ މަޤާމެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި 3 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.

 

  1. ޤާނޫނު ނަންބަރ 2013/13 (އެންޓި ޓޯޗަރ ޤާނޫނު)ގެ ދަށުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް، އެމައްސަލައެއް ހުށަހަޅާ ތާރީޚުން ފެށިގެން 03 މަސް ތެރޭގައި މައްސަލަ ބަލައި ނިންމުން.
  2. މައްސަލައާ ގުޅިގެން މަޢުލޫމާތު ހޯދުމަށް ކުރާ ޒިޔާރަތްތަކުގައި ބައިވެރިވުން.
  3. މައްސަލައާ ގުޅިގެން ހާޒިރުކުރެވޭ ފަރާތްތަކުގެ ބަޔާން ނެގުން.
  4. މައްސަލަ ހުށަހެޅި ތާރީޚުން ފެށިގެން ގިނަވެގެން 2 މަސް ދުވަހުގެތެރޭގައި، އެމައްސަލައެއްގެ ތަޙުޤީޤު ކުރިއަށް ގޮސްފައިވާ ހިސާބު މައްސަލަ ހުށަހެޅި ފަރާތަށް އެންގުން.
  5. މައްސަލަ ތަޙްޤީޤުކޮށް ނިމޭތާ 14 ދުވަސް ތެރޭގައި މައްސަލައިގެ ތަޙްގީގު ރިޕޯޓް މައްސަލަ ހުށަހެޅި ފަރާތައް ދިނުން.
  6. ޓޯޗަރގެ އަމަލު ހިންގި ކަމަށް ފާހަގަ ކުރެވޭނަމަ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެމައްސަލައެއް 14 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވުން.
  7. ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ބެލުމަށް ޙަވާލުކުރާ މައްސަލަތައް، ޑިރެކްޓަރ ޖެނެރަލްގެ ލަފާގެ މަތިން ތަޙްޤީޤުކޮށް ބެލުން.
  8. މައްސަލަތައް ބެލުމުގައި ޙާޟިރު ކުރަންޖެހޭ ފަރާތްތައް ޙާޟިރުކުރުމާ ކަމާބެހޭ ދާއިރާތަކަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުން.
  9. ހުށަހެޅޭ މައްސަލަތަކުގައި މުޢާމަލާތުކުރަންޖެހޭ ފަރާތްތަކާ މުޢާމަލާތުކޮށްގެން މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން.
  10. ކޮމިޝަންގެ ޓޯލް-ފްރީ ފޯނަށް އަންނަ ކޯލްތަކަށް ޖަވާބުދިނުމަށްޓަކައި ޑިޕާޓްމަންޓުން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން ޑިއުޓީ އަދާކުރުން.  
  11. ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކާގުޅިގެން އެހެން ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު، ކަނޑައެޅިފައިވާ ޤަވާޢިދާއި އުސޫލުތަކާއި އެއްގޮތަށް ދިނުން.
  12. ތަޙްޤީޤުކުރުމާގުޅިގެން ކުރަންޖެހޭ އެކިއެކި ދިރާސާތައްކުރުމުގައި ހޯދަންޖެހޭ މަޢުލޫމާތު ހޯދުން.
  13. މައްސަލަތަކާބެހޭގޮތުން ހޯދަންޖެހޭ މަޢުލޫމާތު ޑޮކިއުމެންޓްކުރުމާއި މިފަދަ ޑޮކިއުމަންޓްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  14. މައްސަލަތައް ބެލުމުގައި މިކަމަށް ކަޑައެޅިފައިވާ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށް ކަންތައްތައް ކުރުން.
  15. ކޮމިޝަނުގެ ފަރާތުން ބައިވެރިވާންޖެހޭ ސެމިނަރ، ވަރކްޝޮޕް އަދި ޓްރޭނިންގތަކުގައި ބައިވެރިވުމާއި، އަދި ކޮމިޝަނުން ހިންގާ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުން.
  16. މަސައްކަތާ ގުޅޭ ގޮތުން މީޑިއާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތު ދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
  17. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  18. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތައްކުރުމާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔުންތައް ބަޔާންކުރާ ޗެކްލިސްޓް ފުރިހަމަކުރަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  

ސުންގަޑި:

 2026 އޮގަސްޓް 24 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

އެހެނިހެން:

  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމަށް 10 ފަރާތަށްވުރެ އިތުރަށް ކުރިމަތިލައިފިނަމަ، ކުރިމަތިލި ހުރިހާ ފަރާތްތަކަށް ސްކްރީނިންގ ޓެސްޓެއް ދިނުމަށްފަހު ޓެސްޓްގެ ނަތީޖާއަށް ބަލައި 10 ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށް ތިއަރީ ޓެސްޓެއް ދީ ފާސްވާ ފަރާތްތަކަށް އިންޓަވިއުއަށް ދެންނެވޭނެއެވެ.
  3. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  4. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  5. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  6. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  7. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  8. އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.  
  10. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

13 އޮގަސްޓް 2026
ހޯދާ