ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ގަމު މަތިމަރަދޫ ޕާކް ކެންޓީން ކުއްޔަށް ދޫކުރުން

ލ.ގަން މަތިމަރަދޫ ޕާކް ކެންޓީން ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް ކުރެވުނު (ނަންބަރ: (IUL)399-CA/399/2026/02 (15 ޖަނަވަރީ 2026)  އިޢުލާނުގެ މައޫލޫމާތު ކަރުދާހަށް އިތުރު ބަދަލުތަކެއް ގެނައުމާއި ގުޅިގެން އެ އިޢުލާނު ބާތިލްކުރުމަށްފަހު އެފުރުސަތު އަލުން ހުޅުވާލަމެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން 20 އޮގަސްޓް 2026 ވަނަ ދުވަހުގެ 12:00 ކުރިން ބިޑް ޑޮކިއުމަންޓް ގަތުމަށް ފަހު ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.

ޓުރާންސްފަރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ހިއްސާކުރެވޭނެއެވެ.

*އެކައުންޓް ނަންބަރ:   7707700315001

*ބިޑް ޑޮކިއުމަންޓް އަގު: 200/- (ދުއިސައްތަ ރުފިޔާ)

*ވައިބަރ ނަންބަރ: 7611515

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓުރީވުމަށް

ބީލަމުގައި ރަޖިސްޓުރީވުމަށް ބިޑް ފޮތް ގަތުން

20 އޮގަސްޓް 2026

12:00 އަށް

2

ބީލަން ހުށަހެޅުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް

03  ސެޕްޓެމްބަރ 2026

13:00 ގައި

     

          އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 03  ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ހާސިރުވެ ނުވަތަ 7611515 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން އަންގާ އިއުލާން ކުރީމެވެ.

12 އޮގަސްޓް 2026
ހޯދާ