މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ތިރީގައި މި ދަންނަވާ މަޤާމަށް ޝަރުތު ހަމަވާ ޤާބިލު ބޭފުޅުން ހޯދުމަށް ބޭނުންވެއެވެ.

 


މަޤާމު:

ޗީފް ކޯޕަރޭޓް އޮފިސަރ

ސެކްޝަން / ޑިވިޜަން

ޕޭމަންޓްސް އެންޑް ކޯޕަރޭޓް ސާވިސަސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާގެ ބާވަތް/ މުއްދަތު:

ކޮންޓްރެކްޓް ( 2 އަހަރު)

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

މަދުވެގެން ލިބިފައި ހުންނަޖެހޭ ތައުލީމީ ފެންވަރު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް، ފައިނޭންސް ، މާކެޓިންގ، ކޯޕަރޭޓް ގަވަރނަންސް ނުވަތަ އެނޫންވެސް ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލު ކޮށްފައިވުން.

ތަޖުރިބާ

ގުޅޭ ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ ޕްރޮގްރެސިވް ތަޖުރިބާ ލިބިފައިވުން، މީގެ ތެރޭގައި ސީނިއަރ މެނޭޖްމަންޓް ނުވަތަ ލީޑަރޝިޕް ރޯލެއްގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

  • ކޯޕަރޭޓް ނުވަތަ ސަޕޯޓް ފަންކްޝަންތަކުގެ ގިނަ ދާއިރާތަކެއް މެނޭޖްކުރުމުގެ ތަޖުރިބާ
  • އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް، ގަވަރނަންސް، އެޗް.އާރް.، ޕްރޮކިއުމަންޓް، އެޑްމިނިސްޓްރޭޝަން، މާކެޓިންގ، ނުވަތަ ކޯޕަރޭޓް ސަރވިސަސް ދާއިރާގެ ތަޖުރިބާ

ފައިނޭންޝަލް ސަރވިސަސް، ފިންޓެކް، ރެގިއުލޭޓްކުރެވިފައިވާ އިދާރާތައް ނުވަތަ އެފަދަ އެހެން އިދާރާއެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ ވަޒީފާގެ ޓަރމްސް އޮފް ރިފަރަންސް އާއި އެއްގޮތަށް.

މުސާރައާއި އިނާޔަތްތައް

ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލުމަށްފަހު ދެފަރާތް އެއްބަސްވާގޮތެއްގެ މަތިން މުސާރަ އާއި  ޢިނާޔަތް ކަނޑެއެޅޭނެ.

ރަސްމީ މަސައްކަތު ގަޑި

ހެނދުނު 8:00 އިން ހަވީރު 4:00 އަށް

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާސްޓަރސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ޔުނިވާރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން.
  • ޑިގްރީ އަދި މާސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރެޑިޓްކޮށްފައި ނުވާނަމަ އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން.
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަނުގެ ރަސްމީ ލިޔުންތައް
  • ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި ކުންފުނީގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުން.

ސުންގަޑި

19 އޮގަސްޓު  2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 އަށް

 

މި ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް: [email protected]  އަށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ އީމެއިލްގެ އިތުރުން ނަންބަރު 3313311  ފޯނާއި ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.

12 އޮގަސްޓް 2026
ހޯދާ