މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާފަރު ގޭބީސީތަކުންނާއި، ވިޔަފާރި އިމާރާތްތަކުންނާއި، ސަރުކާރު އޮފީސްތަކުން ކުނި ނެގުމާއި ކުނިކޮށި ބެލެހެއްޓުން އައުޓްސޯސް ކުރުން.

   މިރަށުގެ ގޭބިސީތަކާއި ވިޔަފާރިކުރާތަންތަނާއި، އޮފީސްތަކުންނާއި، ކައުންސިލް ބެލުމުގެ ދަށުގައި ހުރި ތަންތަނުގައި އުފެދޭ ކުނިނަގާ އުކާލުމާއި ކުނިކޮށި ބެލެހެއްޓުމުގެ މަސައްކަތް 01 އަހަރު ދުވަހަށް ކޮށްދޭނެ 05 ފަރާތެއް ހޯދަން ބޭނުންވެއެވެ.

   ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2026 އޮގަސްޓް 20 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މަސައްކަތަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު،  [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ކައުންސިލްގެ އިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

 

 

ތަން

ތާރީޚް

ދުވަސް

ގަޑި

ފޯމް ހުށަހެޅުން

ނ. މާފަރު ކައުންސިލްގެ އިދާރާގެ ކައުންޓަރަށް ނުވަތަ މެއިލް މެދުވެރިކޮށް[email protected] އަށް

20 އޮގަސްޓް 2026

ބުރާސްފަތި

12:00 ކުރިން

 

  މި މަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސް އަދި މަސައްކަތަށް އެދި ހުށަހަޅާ ފޯމު އިޢުލާން ލިންކުން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ހޯދެއްވުމަށް، މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާގެ ފޯނު ނަންބަރު 6569806 އަށް ގުޅުއްވުން އެދެމެވެ.

  ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

12 އޮގަސްޓް 2026
ހޯދާ