ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި ކައުންސިލުން ދައްކާ ބިމެއްގައި 4 ފަންގިފިލާގެ އެކޮމޮޑޭޝަން އިމާރާތެއް ހަދާދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

       ވ.ފުލިދޫއަށް ޚިދުމަތްކޮށްދެއްވާ ރަށުން ބޭރު މުވައްޒަފުންނާއި އަދި ބިދޭސީންނަށް ޚާއްސަކޮށް އެކޮމޮޑޭޝަން އިމާރާތެއް އަމިއްލަ ތަކެތީގައި އަޅާދޭނެ ފަރާތެއް ހޯދަން މިކައުންސިލުން ބޭނުންވާތީ މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

      ވީމާ މިދެންނެވުނު މަސައްކަތް މިކައުންސިލަށް ކޮށްދެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6700603/9896446 ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

ޚަރަކާތް

ތާރީޚް

ގަޑި

ތަފްޞިލް

ރަޖިސްޓްރީވުން

19 އޯގަސްޓް 2026

12:00 (މެންދުރު)

ގޫގުލް ފޯމް

ޕްރީ ބިޑް މީޓިންގް

24 އޯގަސްޓް 2026

10:00 (ހެނދުނު)

އޮންލައިން

ޕްރޮޕޯސަލް ހުށަހެޅުން އަދި ހުޅުވުން

21 ސެޕްޓެމްބަރު 2026

12:15 (މެންދުރު)

ފުލިދޫ ކައުންސިލް ޢިދާރާ

 

12 އޮގަސްޓް 2026
ހޯދާ