ދިވެހިރާއްޖެ
ރަށުގެ މަގުތަކާއި ހޭޅިފަށް ސާފުތާހިރުކޮށް ބޭއްވުމަކީ ރަށުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ފަރުދީ ޒިންމާއެއް ކަމުގައިވާހިނދު، މިރަށުގެ މަގުތަކާއި ގޯޅިތައް އަދި ހޭޅިމަތި ސާފުތާހިރުކޮށް ބޭއްވުމަށް، މިދަންނަވާ ކަންކަން 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ކުރިން އިސްލާހުކުރެއްވުން އެދެމެވެ.
- މަގުމަތީގައި ބަހައްޓާފައިވާ ޖޯލިފަތި ނެގުން.
- މަގުމަތީގައި ބަހައްޓާފައިވާ ހެނދުހިއްކަންއަޅާ ހަރު ނެގުން.
- އިދާރާގެ ހުއްދަ ނެތި އެކިއެކި މަސައްކަތްކުރުމަށް، މަގުތަކުގައި ބަހައްޓާފައި ތަކެތި ނެގުން.
- ގެ އާއި އިންވެގެންވާ މަގާއި ގޯޅީގައި،ފަޅާފައިވާ ވިނަނޮޅުން.
- މަގުމައްޗަށްވާގޮތަށް ހައްދާފައިވާ ގަސްގަހާގެހީގެ ގޮފިތައް 10 ފޫޓަށް ވުރެ ތިރި ގޮފިތައް ކޮށުން.
- މަގުބައްތި ހޮޅިދަނޑިތައް ނިވާވާގޮތައް މަގުމައްމަޗަށްވާގޮތައް ހެދިފައިވާ ގަސްގަހުގެ ގޮފިތައް ކޮށުން.
- ހުއްދަނެތި ބަނދަރު ސަރަހައްދުގައި ބަހައްޓާފައި ތަކެތިނެގުން.
މަތީގައި ދަންނަވާފައިވާ ކަންކަން އިސްލާޙުނުކުރައްވާ ގޭބިސީތަކާއި ފަރާތްތަކަށް، މިއިދާރާގެ ފަރާތުން މެސެޖާއި ނޯޓިސް ފޮނުވާނެ ވާހަކަ ދަންންނަވަމެވެ. އަދި ނޯޓިސްއަށް އިޖާބަ ނުދެއްވާ ފަރާތްތަކާއިމެދު ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތައް ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވަމެވެ. މިފަދަ ކަންކަމުގައި އަބަދުވެސް ކުރެންދޫގެ ލޮބުވެތި ރައްޔިތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.
ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
